ރައީސް މުއިއްޒު އެންމެ ފުރަތަމަ ގައުމާ މުހާތަބު ކުރެއްވި ހިތާބުގައި ފަލަސްތީނުގެ ނަން ވެސް ނުގެންނެވީ ކީއްވެބާ?

F Ipu8taiaaqjv9

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ޑރ. މުހައްމަދު މިއަދު ވަރަށް ޖަޒުބާތުގައި މިއަދު ވާހަކަ ދެއްކެވިއެވެ.

ދިވެހިންގެ ޖަޒުބާތާ ގުޅޭ ގައުމީވަންތަ އެތައް ވާހަތަކެއް ދެއްކެވިއެވެ. ދިވެހި ދިދައާއި މުހާތަބު ކުރައްވާ ދުއާކޮށް ހެއްދެވިއެވެ. ދިވެހިންތަބާވެފައިވާ މާތްވެގެންވާ އިސްލާމް ދީނުގެ ވަހުދަތު ދިރުވާ އާލާކުރާނެކަމުގެ އެތައް ވާހަފުޅެއް ދެއްކެވިއެވެ.

ޑރ. މުއިއްޒުގެ ތަގުރީރަށް 100 އަކުން 100 ދޭން ބަލާއިރު މައްސަލައެއް އެބަ ދިމާވެއެވެ. ސަބަބަކީ ދިވެހިންގެ ހިތްތަގައި ދިވެހިންގެ އެއްބަނޑު އެއްބަފައި ބައެއް އެއްފަދައިން ލޯބި އޮންނަ ފަލަސްތީނުގެ އަހުންގެ ނަންވެސް އެމަނިކުފާނު ނުގަންނަވައެވެ. އެތައް ބައިވަރު ގައުމުތަކެއްގެ އިސްވެރިން ވަޑައިގެން ތިއްބެވިއިރު, ފަލަސްތީނު މިނިވަން ކުރުމާ ގުޅޭގޮތުން އަދި އިޒްރޭލުގެ ޔަހޫދީންގެ އަނިޔާވެރިކަން ކުށްވެރިވެސް ކޮށްނުލައްވައެވެ.

ނަމަވެސް ޑރ. މުއިއްޒުއަކީ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު, އެންމެ ފުރަތަމަ ވެސް ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ވާންޖެހޭނެކަމަށް ވިދާޅުވެ އެކްސްގައި ޓުވީޓު ކުރައްވައި މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވި ބޭފުޅެކެވެ.

ނަމަވެސް ހިތާމައަކީ ރައީސް މުއިޒު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެކަމަށް ވިދާޅިވާ ކަންކަމުގެ ތެރޭގައި ވެސް ފަލަސްތީނު މިނިވަންކަމަށް ބާރު އަޅުއްވަން އެއްވެސް ކަމެއް ހިމަނުއްވާފައިވެސް ނުވާކަމެވެ.

ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމަށް ވެވަޑައިގަތުމާއެކު ފަލަސްތީނު މަތިން ހަނދުމަފުޅުނެތީތޯ އެވެ? އަދި ދިވެހިންގެ ހިތްތަކުގައި ފަަލަސްތީނުގެ ގައްޒާގައި ޔަހޫދީން ހިންގަމުން އަންނަ އަނިޔާވެރިކަން ރައީސުލްޖުމްހޫރިއްޔާ ހަނދުމަފުޅުނުތުނުކަމަށް ބެލެވެން އޮތްކަމަކު, ދިވެހިންގެ ހިތްތަކުން އެ އަނިޔާވެރިން ދުވަހަކުވެސް ނުފިލާނެކަން ޔަގީނެވެ.

ޑރ. މުއިއްޒުގެ ހިޠާބުގައި ފާހަގަކުރެއްވި ބައެއް މުހިންމުކަންކަން:

  • ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެ
  • ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް
  • އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމްކުރައްވާނެ
  • އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ އިމަށް، ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމް ކުރައްވާނެ
  • ނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ދެމި ތިބެގެން
  •  މި ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައި ވެސް ޢިލްމާއި ޢިލްމުވެރީންގެ އަގުވަޒަންކުރައްވާނެ
  • ދިވެހި އަންހެނުންނާއި ޒުވާނުންނަކީ، ޤައުމު ހިންގުމުގެ އިންޖީނުކަމަށާއި، އެމީހުންނަކީ ޤައުމު ދެމިއޮތުމުގެ ހަކަތަކަމުގައި ސިފަކުރައްވި
  • މަސައްކަތްތެރިންނަކީ، ޤައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޭސްތިރިންކަން ފާހަގަކުރައްވާފަ
  • ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވާނެކަން ހާމަކުރައްވި
ފަހުގެ