މިރޭ ހަވާ އަރުވަން އޮތް ގަޑި ބަދަލުވެއްޖެ

Big Nu2fonwv88ol0sxqnrdwkv9yd

ޑރ. މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން ހަވާ އަރުވަން ސިފައިން މިރޭ ރާވާފައި އޮތް ގަޑި ބަދަލުވެއްޖެއެވެ.

މިގޮތުން މީގެ ކުރިން ހަވާ އަރުވަން ނިންމާފައިއޮތީ މިރޭ 21:00 ގައެވެ. ނަމަވެސް ދާދި ދެންމެއަކު ސިފައިން ބުނީ ހަވާއަރުވާ ގަޑި 21:30 އަށް ބަދަލުވެފައިވާކަމަށެވެ.

މިރޭ ހަވާއަރުވަން ހަމަޖެހިފައި އޮތީ އިއްޒުއްދީން ޖެޓީ ކުރިމަތިންނެވެ.

ފަސް މިނެޓު ވަންދެން ހަވާއަރުވާނެއެވެ.

ޑރ. މުއިއްޒު ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާފައެވެ.

ފަހުގެ