ހުވާ ކުރެއްވުމަށްފަހު މުއިއްޒު އެންމެ ފުރަތަމަވެސް ވަޑައިގަތީ ނަމާދަށް

F I6iopa4aajuad 2

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ވަޑައިގަތީ އިސްލާމީ މަރުކަޒަށް މަގުރިބު ނަމާދު ކުރައްވާށެވެ.

މިގޮތުން ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ނަމާދުކުރެއްވިއިރު އެންމެ ކުރީ ސަފުގައި ޑރ. މުއިއްޒު ހުންނެވިއެވެ. މުއިއްޒުއާއެކު ގައުމުގެ ތަކުގެ އިސްވެރިންގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅުންވެސް މަގްރިބް ނަމާދު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

Screenshot 2023 11 17 At 19.02.44

ހުވާކުރެއްވުމަށްފަހު ގައުމާ މުހާތަބުކުރައްވައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އިލްމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުން ޢިލްމުވެރީން އެބަ ތިބިކަމުގައި ވިދާޅުވެ، މި ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައި ވެސް ޢިލްމާއި ޢިލްމުވެރީންގެ އަގުވަޒަންކުރައްވާނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން، ޤައުމީ ތަރައްޤީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގެ ބިންގަލަކީ އަދި އަސްލަކީ، ޢިލްމުވެރީންގެ ޢިލްމީ ދިރާސާތައް ކަމުގައި ހަދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުވާން ބޭނުންފުޅުވާކަން ހާމަކުރައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ދިވެހި އަންހެނުންނާއި ޒުވާނުންނަކީ، ޤައުމު ހިންގުމުގެ އިންޖީނުކަމަށާއި، އެމީހުންނަކީ ޤައުމު ދެމިއޮތުމުގެ ހަކަތަކަމުގައި ސިފަކުރައްވާފައެވެ. އަދި، އަންހެނުންގެ ޙައްޤުތައް މި ސަރުކާރުން ރައްކާތެރިކޮށްދޭނެ ކަމަށާއި، ޒުވާނުންނާއި އަންހެނުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދީ، ސިޔާސީގޮތުން ބާރުވެރިކޮށްދީ، ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަކީ، ޤައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޭސްތިރިންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެކަމަށެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވީ އެކަންކަމާ، ޒަމާނީ ޢިލްމުތަކާއި ޓެކްނޯލޮޖީއާ ރަޙްމަތްތެރިކޮށް ދޭނެކަމަށާއި، ދުނިޔޭގައި ކުރިއަރައިފައިވާ އެންމެފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތަޢާރުފުކޮށްދީ، އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުން، މާލަހެއްނުވެ، މަސްވެރީންނާއި ދަނޑުވެރީނާ ހިސާބަށް ގެނެސްދޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހުރިއްޔާ ވަނީ މިއަދުގެ ޖީލުތަކާ ހަމައަށް މި ޤައުމު އުފުލައިދިން އަމާނާތްތެރި ހިންމަތްތެރި އިސްރަށްވެހީންނަކީ ވާނީ އެމަނިކުފާނުގެ ސަރުކާރުގައި މުޖުތަމަޢުގައި ހަވާސާއެއް ނުކޮށް، އިޙްތިރާމު ލިބޭ ޝާމިލް ޤަދަރުކުރާ ބައެއްކަމަށްހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ. އަދި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫޢިން ދިވެހި ދަރީންގެ ނަފުސާނީ، ރޫޙާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފަހުގެ