މިޑިއާތަކަށް ބަހަން 6.5 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

1j0a1912 1699948961765 V8q4qh
މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީ

ދިވެހިރާއްޖޭގައި ރެޖިސްޓާ ކޮށްގެން ހިންގާ މީޑިއާތަކަށް ބަހަން 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީން ބުރާސް ފަތި ދުވަހު ފާސްކޮށްފިއެވެ.

މި ބަޖެޓަކީ ސަރުކާރުން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާ ފައިސާއެވެ.

ސަޕްލިމެންޓަރީ ބަޖެޓު އަންނަ ހަފްތާގައި މަޖިލީހަށް ފޮނުވާނެއެވެ.

މީޑިއާތައް ހިންގަން ފައިސާ ދިނުމަކީ ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ރިޔާސީ ވައުދެކެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މީޑިއާތައް ހިންގަން ބޭނުންވާ ފައިސާ މީޑިއާތަކަށް ހަވާލުކުރާނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓު ވަނީ 49.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ޑރ. މުއިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ހިންގުމަށް ރާއްވަވާފައިވާ މަޝްރޫއުތަކަށް ވެސް ފައިސާ ހިމަނާފައިވެއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާ ގިނައަދަދެއްގެ ފައިސާ ބޭރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައިވެސް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ފަހުގެ