މުއިއްޒު ހުވާކުރެއްވުމުގެ އުފަލުގައި މިރޭ ހަވާ އަރުވާނެ

Maldives Hold Second Round Of A Presidential Election
Muizzu, Maldives presidential candidate of the opposition party, People’s National Congress smiles after attending a press conference during the second round of a presidential election in Male, Maldives September 30, 2023. REUTERS/Dhahau Naseem NO RESALES. NO ARCHIVES

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ އުފަލުގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ސިފައިން ބުނީ ހަވާ އަރުވާނީ މިރޭ 21:00 ގައި އިއްޒުދީން ފާލަން ކުރިމަތީގައި ކަމަށެވެ. ހަވާ އަރުވާނީ ފަސް މިނެޓަށެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު އޮންނާނެއެވެ.

ދެ ބޭފުޅުން ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު މުއިއްޒު ގައުމާ ތަޤުރީރު ކުރައްވާނެއެވެ.

ފަހުގެ