މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައެއް ނުގަނަވާނެ

3op2ja7 Pm Modi Pti 625x300 15 February 19

ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމަށް މާދަމާ ބާއްވާ ރަަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިނުގަންވާނެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މިގޮތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ އިންޑިއާގެ ޔޫނިއަން މިނިސްޓަރު ފޯ އާރތް ސައިންސަސް ކިރެން ރިޖިޖޫ އެވެ.

އިންޑިއާ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެ ވަޑައިގަތުމަށް ވަނީ ރާއްޖެއިން ދައުވަތު ދީފައެެވެ. ނަމަވެސް އެ ދައުވަތު ގަބޫލުނުކުރަން މޯދީ ވަނީ ނިންމަވާފައެވެ.

މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފައެވެ.

ރައީސް މުހައްމަދު ނަޝީދު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތީ އޭރުގެ ނައިބު ރައީސް އެމް ހާމިދު އަންސާރީ އެވެ.

ރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު 22.9 މިލިއަން ރުފިޔާއަށް، ސިވެކް ކުންފުންޏާ ރައްޔިތުންގެ މަޖިލީހުން ވަނީ ހަވާލުކޮށްފައެވެ. 

މަޖިލީހުން ބުނެފައިވަނީ ސިވެކް އާ މަސައްކަތް ހަވާލުކުރީ ޓެންޑަރު ބޯޑުން ކަމަށެވެ. 

މުޅި ރަސްމިއްޔާތުގެ އިވެންޓު މެނޭޖުކުރާނީ ސިވެކްއިންނެވެ. އޭގެ ތެރޭގަ ކޭޓަރިން ވެސް ހިމެނެއެވެ. 

ދައުވަތުގެ ތެރޭގައި ބޭރުގައުމުތަކުގެ ނޫސްވެރިންނާ، ސަފީރުންނާއި ގައުމުތަކުގެ އިސްވެރިން ހިމެނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއްގަ ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަރީޒު ނަރެންދުރާ މޯދީއަށް ވެސް ދައުވަތު ދެއްވާނެކަމަށެވެ.  

ފަހުގެ