ފްލެޓްތައް ހަވާލުކުރުން ހުއްޓާލައިފިން: ހައުސިން މިނިސްޓްރީ

215185 3 C253cef6b6b6c8663f3e895b31c6bd05cd5001f1 Large
ރައީސް ޔާމިން ވެރިކަމުގައި ހިޔާ ފްލެޓުގެ ލިޔުން ނުލިބިގެން ބަޔަކު ހައިސިން މިނިސްޓްރީ ދޮށަށް އެއްވެފަ: ފޮޓޯ މިހާރު

ސަރުކާރުން ހިންގި “ގެދޮރުވެރިއާ” ސްކީމުގެ ދަށުން ޕްލޭނިން މިނިސްޓްރީން ނެރުނު 4000 މީހުންގެ ލިސްޓުގައި ހިމަނާފައިވާ މީހުންނަށް ފްލެޓް ދިނުން ހުއްޓާލަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ފްލެޓް ދިނުން ހައުސިން މިނިސްޓްރީން ހުއްޓާލާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓް ދިނުން ހުއްޓާލުމަށް އަންގާލާފައިވާތީކަމަށް އެ މިނިސްޓަރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ފްލެޓް ދޫކުރުން ހުއްޓާލުމުގެ ކުރިން ބައެއް އެގްރީމަންޓުތަކުގައި ސޮއިކުރިކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ފްލްޓް ދިނުމުގެ މަސައްކަތް ދެން ކުރިއަށް ދާނީ އޭސީސީން އެންގި ދުވަހަކުންކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ފްލެޓް ދިނުން ހުއްޓާލިކަން ހައުސިން މިނިސްޓްރީން އިއުލާނުކުރިއިރު ރޭ ވަނީ ސަރުކާރުން އަޅާ 4000 ފްލެޓުގެ ލިސްޓުގައި ހިމެނޭ މީހުންގެ ގުރުއަތުލުންވެސް ކުރިއަށް ގެންގޮސްފައެވެ.

ފުރަތަމަ އިއުލާނުކުރި ލިސްޓަށް 7000 އަށްވުރެ ގިނަ ޝަކުވާ:

ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން އެޅި 4000 ފްލެޓްގެ ހައްގުވެރިންގެ ލިސްޓު ފުރަތަމަ އާންމުކުރުން ހިތްހަމަނުޖެހުން ފާޅުކޮށް ބަޔަކު ވަނީ ހައުސިން މިނިސްޓްރީއަށް ވަދެ މުޒާހަރާ ވެސް ކޮށްފައެވެ.

އެ ލިސްޓު އާންމު ކުރުމާއެކު ގިނަބަޔަކު ވަނީ “އެ ލިސްޓުގައި ޕޮއިންޓު ދިނުމުގައި މަކަރާއި އޮޅުވައިލުން އޮތް” ކަަމަށް ބުނެ ނުރުހުން ފާޅުކުކޮށްފައެވެ..

މިގޮތުން ދަރިން ތިބި މީހުންނަށްވުރެ ގިނައިން ދަރިން ނެތް މީހުންނަށް ޕޮއިންޓު ދިނުމާއި, މާލޭގައި އެއްގޮތަކަށް ވެސް ނޫޅޭ މީހުންނަށް ފެލްޓް ދިނުމާއި, ދިރިއުޅުމުގެ ހާލަތު ނުބަލައި ފްލެޓް ދިނުމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

ޕޮއިންޓުދިން ގޮތުގެ ލިސްޓު އާންމުކުރުމުގެ ކުރިން ބަޔަކުވަނީ އޭސީސީގައި ވެސް “400 ފްލެޓް ބަހާލަން” އުޅޭކަމަށް ބުނެ މައްސަލަ ޖައްސާފައެވެ. އެ ލިސްޓަށް 7000 އަށްވުރެ ގިނަ މީހުން ޝަކުވާ ހުށެހެޅިއެވެ.

ފަހުގެ