ސަޕްލިމެންޓަރީ ބަޖެޓުގެ ނަމުގަ ފޮނުވާފަ އޮތީ ވައްކަމުގެ ރަސީދެއް: ރައީސް ނަޝީދު

Nmu7yot6tzfvibcqcjqqopzai9dn9tp91krgvdid

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއްގެ ގިތުގައި މަޖިލީހަށް ފޮނުވާފައިވަނީ “ވައްކަމުގެ ރަސީދެއް” ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ރައީސް ނަޝީދު ވިދާޅުވީ, ވައްކަމުގެ ރަޝީދެއް ބަޔަކަށް ލިބޭނީ ވަރަށް މަދު ފަހަރެއްގައިކަމަށެވެ.

“އިއްޒަތްތެރި ރައީސް މިއީއަކީ ސަޕްލިމެންޓަޜީ ބަޖެޓެއް ނޫން. މިއީ ވައްކަމުގެ ރަޝީދެއް. ވަރަށް މަދުން ވައްކަމުގެ ރަސީދެއް އަޅުގަނޑުމެންނަށް ލިބޭނީ.އެއްޗެއް ގާތީމާ ރަޝީދެއް ލިބޭނީ. މިއޮތީ މާލީ ވަޒީރާ ރައީސުލްޖުމްހޫރިއްުޔާ ވައްކަން ކުރައްވާފާ ރަސީދެއް މިތަނަށް ފޮނުއްވާފަ. ވައްކަމުގެ ރަސީދެއް މިއަށްވުރެ ވަރުގަދަ ހެއްކެއް ގަރީނާއެއް ނެތް. ބައިތުލް މާލުން އެތައް ބައެއް ނަގާފިކަން,” ރައީސް ނަޝީދު ވިދާޅުވިއެެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދުކުރުން އޮންނާނީ މަޖިލީހުން ފާސްކުރާ ކަމަކަށް ފާސްކުރާ މިންވަރަކަށް ކަމަށެވެ.

“އަޅުގަނޑުމެންނަށް މި ދިމާވެގެން އުޅޭކަމަކީ ސަރުކާރަށް ސަރުކާރުގެ ހަރަދެއް ނުބެލެހެއްޓުނު. އެނގި ވަޑައިގަންނަވާނެ ކޭޝް ފްލޯއެއް ނުބެލެެހެއްޓުނީމާ މަސް ނިމޭއިރު މި އޮންނަނީ އަތަށް ތާށިވެފަ. ނިމިމިދާ ރައީސް ސޯލިހުގެ ސަރުކާރުގާ އެންމެ ބޮޑަށް ފާހަގަވާ އެއް ނުކުތާއަކީ ކޭޝްފްލޯ ބަލަހައްޓަން އެނގިވަޑައިނުގަތުން,” ރައީސް ނަޝީދު މިއަދު ސަޕްލިމެންޓަޜީ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ރައީސް ސޯލިހުގެ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓަކާއެކު މަޖިލީހަށް އައި ފުރަތަމަ ފަހަރު ނޫންކަމަށެވެ. ނަމަވެސް މިފަހަރު ވެފައިވާގޮތަކީ “ކެޔޮކެއިވަރު މާބޮޑަށް އެނގެނީ. ބިތުފަންތި ނެގޭތީވެ,” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު ބަދަލުވާން މީގިނަ ދުވަހެއް މިހާރު ނެތްކަމަށެވެ. މިގޮތުން ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައިވާގޮތަށް ނޫނީ އެންމެ ލާރިއެއްވސް ހަރަދުކޮށްގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަހަރުގެ 44 ވަނަ ހަފްތާ އައިއިރު ދައުލަތުގެ ބަޖެޓު ހުސްކޮށްލާފައިވަކަމަށެވެ. އެއީ ކުރެވިގެން ވާނެކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަހުގެ