އަދީބާއި ޒިޔަތަށް މައާފު ދިން އިރު ޕީޖީގެ ބަހެއް ނުހޯދާ

Dxljnu3oxqkoxew1oy2drg72j Pgshameem

ކުށްވެރިންނަށް މައާފު ދިނުމާއި ގައިދީންގެ އަދަބު ލުއިކޮށްދިނުމުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ދައުރެއް ގާނޫނީގޮތުން ނޯންނަކަމަށާއި, ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ބަޔަކަށް މައާފު ދިން އިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބަހެއް ހޯދާފައިނުވާކަމަށް ޕީޖީ ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން މައާފު ދެއްވާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި, އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތަށެވެ.

. ބަޔަކަށް މައާފު ދޭއިރު ޕީޖީގެ ބަހެއް ހޯދަން ރައީސް އަށް ނުވެސް ޖެހޭކަމަށް ވެސް ޝަމީމް މިއަދު ވަނީ ވިދާޅުވެފައެވެ “އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫން,” ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމުގައި، މީހުންނަށް އަދަބު ދިނުމާއި، އެ އަދަބަށް ވަކި ހިސާބަކުން މަޢާފު ދިނުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހިނގާކަމެކެވެ. ވަކި ހަމަތަކަކާއި އުޞޫލުތަކަކުން ހިނގާކަމެއްކަމަށެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައިވެސް އެކަން އެބައޮތްކަމަށް ޝަމީމް މިއަދު އޭނާގެ ބްލޮގިގައި ލިޔުއްވާފައިވެއެވެ.

“އެކަން ކުރާ ގޮތާބެހޭ ގޮތުން ޢާންމުންގެ މެދުގައި ސުވާލު އުފެދިފައިވާތީ، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނީ ނިޒާމު އޮތް ގޮތާބެހޭ މަޢުލޫމާތު ތާރީޚަށްޓަކައި ލިޔެފައި އޮތުން ބޭނުންތެރިކަމަށް ފެންނާތީ ލިޔެލިން. ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަޅުގަނޑަށް ކަމަކާ ކަންބޮޑުވެވޭނީވެސް، ޤާނޫނުގައި ކަންބޮޑުވާން ފުރުޞަތު އޮވެގެން. އަމިއްލަ ގޮތުން ކުރެވޭ އިޙްސާސް ތަފާތުވެދާނެ,” ޝަމީމް މިއަދު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު އޮތް ގޮތުން، އެއިން އެއްވެސް މަރްޙަލާއެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރެއް ނޯންނަކަމަށެވެ. ކްލެމެންސީ ބޯޑުގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލުކުރާ މީހަކު ނުވެސް އިންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

” މައްސަލައެއްގައި ޙުކުމެއް ކުރުމަށްފަހު، އެޙުކުމަށް ދެން ހަދާ ގޮތަކީ، ޕީޖީ އޮފީހުގެ ދައުރެއް އޮންނަ ކަމެއް ނޫން. އެމީހާ ޙުކުމް ތަންފީޒުކުރަނީ ޖަލުގައިތޯ، ގޭގައިތޯ އެއީ ޕީޖީ އޮފީހުގެ ބަހެއް ހޯދަންޖެހޭ ކަމެއް ނޫން. އެކަން ކުރައްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންނެވެ. އެކަމާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭނީވެސް އެސަރވިސްއަށް,” ކަމަށް ޝަމީމް ވިދާޅުވިއެވެ.

. ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބޭކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ފަހުގެ