ރައީސް ނަޝީދަށް އިންޒާރު ދިން އަޑު ވަނީ ރެކޯޑިންއަށް އަރާފަ: ވައްޑޭ

Big Ngwpdlglir1qooq3wg1tzbw9s

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދަށް, އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) އިންޒާރު ދެއްވި އަޑު މަޖިލީހުގެ ރެކޯޑިންއަށް ވެސް އަރާފައިވާކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ( ވައްޑޭ) ވިދާޅުވެއްޖެއެވެ.

މި މައްސަލަ ފެންމަތިވީ އިއްޔެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ބުދަ ދުވަހު ވަޑައިގަތުމުން އޭނާ މާލިއްޔަތު ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ ދަ ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގައި މުޒާހަރާ ކުރަން ފެށުމުންނެވެ.

“ރ. ނަޝީދުގެ ވާހަކަފުޅު ނިމުމުން “އަހަންނާ އަޅައިގަނެގެން އުޅެންޏާ “ހޭއަރުވާލަފާނަމޭ” ބުނެ އިންޒާރުދިން އަޑުވެސް މިހިރީ އަރާފައި. ބޮމުގެ ހަމަލާއެއް ރައްދުވި ރައީސް ނަޝީދަށް އަށް އިންޒާރު ދިން ބިގޭއަކީ ބޮން ހެދުމުގެ މާޒީއެއް އޮތް ބޭފުޅެއްކަންވެސް ހަނދާންކޮށްލަން ޖެހޭ,” ވައްޑޭ ވިދާޅުވިއެވެ.

އިއްޔެ މަޖިލީހުގައި ވަނީ ބިގޭ ރައީސް ނަޝީދަށް އައުގުރާނަ ގޮވިކަމަށް ބުނާ ވީޑިއޯއެއްވެސް އާންމުވެފައެވެ.

ދެހާސް 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެ ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހުނެވެ. އަދި ރައީސް ނަޝީދު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައިވެސް ފަރުވާ ހޯއްދެވިއެވެ.

ފަހުގެ