މަޖިލިސް ތެރޭގައި ރައީސް ނަޝީދަށް ބިގޭ “އައުގުރާނަ” ގޮވާ ވީޑިއޯއެއް އާންމުވެއްޖެ

Beige Minimalist Photo Collage

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އައުގުރާނަ ގޮވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ރައީސްނަޝީދަށް ރައްދުކޮށް ބިގޭ އައުގުރާނަ ގޮވުމުން ބައެއް މީހުން އަންނަނީ ބިގޭއަށް ފާޑުކިޔަމުންނެވެ.

މިއަދު މަޖިލީހުގައި ދަ ޑިމޮކްރެޓްސް އިން ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަޕްލިމެންޓަރީ ބަހެޓު ހުށަހެޅުމަށް ވަޑައިގަތުމުން އޭނާ ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ މުޒާހަރާކޮށްފައެވެ.

މުޒާަހަރާ ކުރި ނަމަވެސް, އަމީރު ވަނީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވައިފައެވެ. އަދި އެ ބަޖެޓު ވަނީ ދިރާސާކުރަން ކޮމެޓީއަށް ވެސް ފޮނުވައިފައެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ މާލިއްޔަތު ގާނޫނުގައި ބުނާ މުއްދަތުގައި ފިނޭސް މިނިސްޓަރު އަންނަ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅާފައިނުވާތީއެވެ.

ރައީސް ނަޝީދު ވެސް މި މައްސަލައިގައި މިއަދު ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު ކޯޓަށް ގެންދަންޖެހޭކަމަށާއި, މަޖިލީހުގެ އިމްތިޔާޒަށް ފިނޭންސް މިނިސްޓަރު އަރާފައިވާކަމަށެވެ.

ފަހުގެ