ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި

336374 3 D72f44804392e56ffcd7de222a5d6df9b26d49cb

ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ފިނޭސް މިިސްޓަރު އަމަދު އަމީރު ހުށަހަޅުއްވައިފިއެވެ.

މިއަހަރަށް އިތުރަށް 6.509 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ސަޕްލިމެންޓަރީ ބަޖެޓުގައި ބުނެފައިވެއެވެ.

މި ބަޖެޓު ދިރާސާކުރަން ކޮމެޓީއަށް ފޮނުވަން ވަނީ ނިންމައިފައެވެ.

ސަޕްލިމަންޓްރީ ބަޖެޓުގައި ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ، ޕީއެސްއައިޕީ, އާސަންދަ އަދި ސަބްސިޑީއަށް ކުރާ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ.

ބަޖެޓުގައި ގިނައަދަދެއްގެ ފައިސާ ބޭރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

ފަހުގެ