މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް

L 2022 06 30 105035 2bpud7rxh8ijz4sngmwce1o69qtaf5v3ylk En

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އިންތިހާބުވެ ވަޑައިގެންފިއެވެ.

އެމަނިކުފާނު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގަތީ މިރޭ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަކުންނެވެ.

އަސްލަމް މަޖިލީހުގެ ރައީސްގެ މަގާމަށް ވަޑައިގެންނެވީ 53 ވޯޓުންނެވެ. އަސްލަމްއާ ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

މިއަދު މަޖިލީހަށް ވަޑައިގަތީ 77 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވީ 76 މެންބަރުންނެވެ. މަޖިލީހަށް 10 މެންބަރަކު ވަޑައި ނުގަންނަވާތީ 11 ވޯޓުކަރުދާސްކޮޅު ބާކީ އޮތެވެ. ވޯޓު ނުލައްވަލާ 11 ވަނަ ބޭފުޅަކީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުالله އެވެ.

މަޖިލީހުގައި މިއަދު ވޯޓު ނެގުނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ފަހުގެ