މިނިވަން ޤައުމަކަށްވުމަށް ބޭނުންވަނީ މިނިވަންކަމަށް ލޯބިކުރާ ރައްޔިތެއް – ރައީސް ނަޝީދު

މިނިވަން ޤައުމަކަށްވުމަށް ބޭނުންވަނީ އެންމެ ވަޞީލަތެއް ކަމަށާ އެއީ މިނިވަންކަމަށް ލޯބިކުރާ ދިވެހިރައްޔިތުންފަދަ ރައްޔިތެއް އެޤައުމަކަށް މިންވަރު ކުރެއްވުން ކަމުގައި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުން އެމަނިކުފާނު ދެއްވި ޚާއްސަ މެސެޖުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމާއި ފަރުދީ މަސަލަސްކަމާއި އިންސާނީ ކަރާމަތް އަބަދަށްޓަކައި ނަގަހައްޓާ، ދެމެހެއްޓުމަށް ހިންމަތްކުރާ ދިވެހިރައްޔިތުންނަށް މިނިވަންދުވަހުގެ ތަހްނިޔާ ދަންނަވާ ކަމުގައެވެ.

އަދި ދުނިޔޭގެ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެގޮތުގައި އޮތުމަކީ އަޅުގަޑުމެންގެ ފަޙުރެއްކަމަށާއި، ޤައުމީ މިނިވަންކަމުގެ އެންމެހާ ބަހާތަކުގެ ޙަޤީޤަތްތައް ޖީލުތަކަށްޓަކާ ކަށަވަރުވެ އޮތުމަކީ މިނިވަން ޤައުމެއްގެ ލާޒިމް ސިފައެއްކަމުގައި ވިދާޅުވެފައިވެއެވެ.

” މަޢާފްކުރުމާއި އޯގާތެރިކަމާއިއެކު މުޢާމަލާތްކުރުމަކީ މިނިވަން ރައްޔިތަކު އަޅުވެތިކުރާނެ ސަބަބެއްކަމުގައި ނުވާނެ ޙަޤީޤީ ސިއްރަކީ އެއީ މާތްވެގެންވާ އިސްލާމްދީން ތަރުޙީބުދޭ އިންސާނިއްޔަތުގެ މަތިވެރި ސުލޫކުކަމުގައިވާކަމެވެ. މިނިވަން ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުން ލޮބުވެތި ރައްތިޔުންނަށް އަރިސްކުރަމެވެ.” ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ފަހުގެ