އިސްތިއުފާ ދިނީ އެމްޑީޕީން މަޖިލީހަށް ދޭ ގެއްލުން ބޮޑުވެދާނެތީ: ނަޝީދު

3ab8baec B602 4065 9a31 C38c6d89b7dc

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އިން އެ މަޖިލީހަށް ދޭ ގެއްލުން ބޮޑުވެދާނެތީކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ, މަޖިލީހުގެ އަގުލަބިއްޔަތު އޮތް އެމްޑީޕީން ގެންދަނީ ޑިމޮކްރަސީގެ އަސާސުތަކަށް ނުރައްކާވާފަދަ އަމަލުތަކެއް ހިންގަމުންނެވެ.

“އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްމަށްފަހުގަ އެމްޑީޕީންގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުން, ރައީސް ނަޝީދު ވިދާޅުވިއެވެ.”

ރައީސް ނަޝީދު ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެމްޑީޕީން ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެންބަރުންނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރެއް ހަނިކޮށްފައިވާކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުމުގައި އެ މައްސަލައިގެ ބިރުވެރިކަން ކިޔައިދީފައިވާކަމަށާއި, ނަމަވެސް އެ ކޯޓުގެ ވެސް “ބަހާއި އަމަލާއި ދިމާނުވާތީ” ހިތާމަކުރައްވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

“މަޖިލީހުގެ ރައީސްކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުން,” ރައީސް ނަޝީދު އިސްތުއުފާ ދެއްވަމުން ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިއަދުމަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވިއިރު, އެމްޑީޕީން ދެ ފަހަރެއްގެ މަތިން ނަޝީދުގެ އިތުބާރުނެތްކަމުގެ ގަރާރު ވަނީ ހުށަހަޅައިފައެވެ.

ފަހުގެ