މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވައިފި

1c4263469 120207 Nasheed2 245a

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިފާ ދެއްވައިފިއެވެ.

ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވިއިރު އެމްޑީޕީން ވަނީ ދެ ފަހަރެއްގެ މަތިން އެމަނިކުފާނުގެ އިތުބާރުނެތްކަމަށް ބުނެ ގަރާރުވެސް ހުށަހަޅާފައެވެ.

ރައީސް ނަޝީދު ވަނީ 2012 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފައިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރު އެމްޑީޕީން ހުށަހަޅި ނަމަވެސް ފުރަތަމަ ފަހަރު އެ މައްސަލަ އަނބުރާ ނެގީ އެމްޑީޕީންނެވެ. ދެ ވަނަ ފަހަރު މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ހުށަހެޅުމުންނެވެ.

ނަޝީދު މިއަދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވިއިރު, އެމަނިކުފާނުގެ ވަކިކުރާ ގަރާރު ހުށަނޭޅިގެން އެމްޑީޕީން އަންނަނީ މަޖިލީހުގައި އިހުތިޖާޖު ވެސް ކުރަމުންނެވެ.

ފަހުގެ