އަދީބާއި ޒިޔަތު މިނިވަންވެއްޖެ

L 2022 08 15 125342 Krfgxe865z14jump7tchsin9w3vlaqdy2ob En

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި, އެމްއެމްޕީއާރުސީ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތު މިނިވަންވެއްޖެއެވެ.

މި ދެ ބޭފުޅުން މިނިވަންވެފައިމިވަނީ 8 އަހަރު ދުވަހު ބަންދުގައި ތިއްބެވުމަށްފަހުއެވެ.

އަދީބާއި ޒިޔަތަށް މައާފު ދީފައި ވަނީ, ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. . 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަވާހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައަކާއި، ފިސްތޯލައެއް ގެންގުޅުއްވި މައްސަލައަކާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގެކުށް ސާބިތުވެ އަހްމަދު އަދީބު ގެންދެވީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު 10 ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތައް މިދިޔަ އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވެއެވެ

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި 10 ދަޢުވާއަކީވެސް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ތުހުމަތުގައި ކޮށްފައިވާ ދައުވާތަކެކެވެ.

މި 10 ދަޢުވާގެ ތަހްގީގު މަރުހަލާ ނިންމުމަށްފަހު ކްރިމިނިލް ކޯޓަށް މި މައްސަލަތައް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

ފަހުގެ