މުހައްމަދު ނަޝީދުގެ ސޮޔާއެކު އީވާ ވަކިކުރަން ހުށަހަޅައިފި

367527 3 3bf5375f88ca8973e73a657d2ecb9dc39fae8854 Medium

ފަންސާސް މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ ވަކިކުރަން ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅާފައިވަނީ އެމްޑިޕީގެ 49 މެންބަރުންނާއި އަމިއްލަ މެންބަރެއްކަމަށްވާ މުހައްމަދު ނަޝީދު (މޮސްޓާ) ގެ ސޮޔާއެކު 50 މެންބަރުން ގެ ފަރާތުންނެވެ.

އީވާ ވަކިކުރަން މިއަދު ހުށަހެޅިއިރު އާދިއްތަދުވަހު މަޖިލީހުން ވަނީ ރައީސް މުހައްމަދު ނަޝީދު އެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ދުރުކުރަން ހުށަޅާފައިވާ ގަރާރު ބޭރުކޮށްލައިފައެވެ. އެ ގަރާރު ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއްކަމަށް ވިދާޅުވެ, އެ ވަގުތު ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފެވެ.

ނަޝީދު ވައިކުރުމުގެ ގަވާއިރު ބޭރުކޮށްލީ ރަނގަޅަށް ނޫންކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރޭ ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އިތުބާރުނެއްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން މިއަދުވެސް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ގަރާރަގީ ގަވާއިދާ ހިލާފު މައްސަލައެއްކަމަށް މަޖިލީހުގެ ރިޔާސަތުން އާދިއްތަ ދުވަހު ނިންމާފައިވާ ނިންމުން ކުރިއަށް ގެންދިއުމަށް އީވާވަނީ ދަމަހައްޓަވައިފައެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަށް އެ މަގާމުގައި އިނުމަށް ހުރަސްއެޅޭފަދަ ލަފައެއް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އާދިއްތަ ދުވަހުގެ ރޭ އާންމުކުރައްވައިފައެވެ. އެ ލަފައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުޞޫލާ ދިމާ އިދިކޮޅު މާނަކުރުމެއްކަމަށް ވިދާޅުވެ އެކްސްގައި އާންމުކުރައްވާފައިވާ ލަފާފުޅެކެވެ.

މަޖިލީހުގެ އާންމު ކޮމެޓީން ވެސް ވަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހުން ކުރިއަށް ދާނެ ގޮތެއްގެ ލަފާ ބަންޑާރަ ނައިބުގެ އަރިހުން ހޯދުމަށް ފާސްކޮށްފައެވެ. މިހެންކަމުން އެކްސްގައި ރިއްފަތު އާންމުކުރެއްވި ލަފާފުޅާ މަޖިލީހަށް ދެއްވާނެ ލަފާފުޅާ އެއްގޮތްވާނެކަމަށް ބެލެވެއެެވެ.

ފަހުގެ