ޑިމޮކްރެޓްސްގެ މެންބަރުންނަށް މަޖިލީހުގެ ރިޔާސަތު ނުބެލެއްޓޭނެކަމަށް ބަންޑާރަ ނައިބު ލަފައެއް

Nasheedandeva
ރައްޔިތުންގެ މަޖިލީހުގެ ރައީސް އީވާ އަބްދުالله އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްޓެސްގެ ޕާޓީގެ މެންބަރުންނަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭފަދަ މޭރުމަކުން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ލަފާދެއްވައިފިއެވެ.

މިގޮތުން މަޖިލީހަށް އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ރިޔާސަތުން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު ހަސެން އަފީފު ރިޔާސަތުގައި އިންނަވައި ބޭރުކޮށްލެއްވީ ގަވާއިދާ ހިލާފަށްކަމަށް ބަންޑާރަ ނައިބު ވަނީ އެމަނިކުފާނު ދެއްވި ލަފާފުޅުގައި ވިދާޅުވެފައެވެ.

މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު “ނަޝީދުގެ މަސްލަހަތު އޮންނަ އެއްވެސް މެންބަރަކު” ނަޝީދުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓުމަށް ބަންޑާރަނައިބު ވަނީ އާދިއްތަ ދުވަހުގެ ރޭ ދެއްވި ލަފާފުޅުގައި ވިދާޅުވެފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔައިރު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އަށް ކަމަށް މަޖިލީހުގެ އިދާރާއިން މާނަކުރީ ގޯސްކޮށްކަމަށް ސުޕްރީމް ކޯޓުން ވަނީ ބުރާސްފަތި ދުވަހު ކަނޑައަޅައިފައެވެ.

އާދިއްތަ ދުވަހަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް, އީވާ ސަލާންވިދާޅުވުމުން މަޖިލީހުގެ ރިޔާސަތު އެ ދުވަހު ދެން ބެލެހެއްޓެވީ ހަސަން އަފީފެވެ. އަފީފު ވަނީ ރައީސް ނަޝީދުގެ މައްސަލަ ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށްކަމަށް ވިދާޅުވެ އެ މައްސަލަ އާދިއްތަ ދުވަހު ވަނީ މަޖިލީހުން ބޭރުކޮށްލައިފައިއެވެ.

ފަހުގެ