އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގައުމުތަކުން އަރާރުންވެ, އަރަބި ސަމިޓުން ފާހެއްނުވި

Ap23139472350645 Custom 083eae7906a21b6c0b660e5251496872c5394092 S800 C85 (1)

ބުރާސްފަތި ދުވަހު ސައުދީގެ ރިޔާދުގައި ބޭއްވި އަރަބި ސަމިޓުގެ ކޮންފަރެންސްގައިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ހުށަހެޅުނު ހުށަހެޅުންތައް އެއްގަލަކަށް ނޭރި ފެއިލްވެއްޖެކަމަށް މެދު އިރުމަތީގެ ނޫހެއްކަމަށްވާ އަލް އަރަބީ އަލް ޖަދީދީ އިން ބުނެފިއެވެ.

އެ ނޫހުން ބުނެފަވަނީ އިޒްރޭލުން ގައްޒާގައި ހިންގާ ޖަރީމާތައް ހުއްޓުވަން އަރަބި ބައެއް ގައުމުތަކުން ޕްރެޝަރުކުރި ނަމަވެސް, ބައެއް ގައުމުތަކުން ދެކޮޅުހެދުމުގެ ސަބަބުން އެ އެއްބަސްވުމަށް ވަނީ ހުރަސްއެޅިފައިއެވެ.

މިގޮތުން އިޒްރޭލުން ގައްޒާގައި ހިންގާ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް އިޒްރޭލަށް ޕްރެޝަރުކުރަން އެކި ހުށަހެޅުންތައް އަރަބި ލީގުގެ ބައެއް ގައުމުތަކުން ހުށަހެޅި ނަމަވެސް, ބައެއް ގައުމުތަކުން ދެ ކޮޅު ހެދުމުގެ ސަބަބުން ވަނީ އެ މައްސަލަ އިޒްރޭލާ ދެކޮޅަށް ފާސްނުވެފައެވެ.

ބުރާސްފަތި ދުވަހު އަރަބި ސަމިޓުގައި މަސައްކަތް ކުރީ ހޮނިހިރު ދުވަހު ބާއްވާ ބައްދަލުވުމުގައި އިޒްރޭލާ ދެކޮޅަށް ވަރުގަދަ ނިންމުންތަކެއް ނިންމުމަށެވެ.

އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅިމަށް ހުށަހެޅި ގައުމުތަކުގެ ތެރޭގައި ގަތަރު، ކުވައިތު، އޮމާން، ލީބިޔާ، ފަލަސްތީން، ޔަމަން، އަލްޖީރިއާ، ޓިއުނީޝިއާ، ސީރިއާ، އިރާގު ފަދަ ބައެއް ގައުމުތައްހިމެނެއެވެ.

އިޒްރޭލާ ދެކޮޅަށް ހުށަހެޅި ހުށަހެޅުންތައް:

  1. އެމެރިކާގެ ބޭސްތައް މެދު އިރުމަތީގައި ބޭނުންކުރުން ހުއްޓައިލުން
  2. އަރަބި ހުރިހާ ގައުމަކުން އިޒްރޭލާ, އިގްތިސާދީ, އަސްކަރީ އަދި ހާރިޖީ ގުޅުން ކަނޑައިލުން
  3. އިޒްރޭލު ރައްޔިތުން އަރަބި ގައުމުތަކުގެ ވައިގެ އިހްތިސާސް ހިމެނޭ ސަރަހައްދުތައް ބޭނުން ނުކުރުން
  4. އަރަބި ގައުމުތަކުގެ ކޮމެޓީއެއް އެކުލަވާލައި, ވޮޝިންޓަ, ލަންޑަން, ޕެރިސް, ބުރޫސެލްލް, ޖެނީވާއަށް ދަތުރުކޮށް ފަލަސްތީނު-އިޒްރޭލު ހަނގުރާމަ ހުއްޓައިލުމަށް މަސައްކަތް ކުރުން

މި ހުށަހެޅުންތަކާ މައިގަނޑު ގޮތެއްގަ ދެކޮޅު ހެދީ 4 އަރަބި ގައުމަކުންކަމަށް “އަލް އަަރަބިއާ އަލް ޖަދީދު” ނޫހުން މަސްދަރަކާ ހަވާލާދީ ބުނެފަވެއެވެ.

“އިރާގު, އަލްޖީިއާ ވަރަށް ބޮޑަށް އުނދަގޫވެގެން އުޅުނު އިޒްރާއީލުގެ ވެސް އަދި ފަަލަސްތީނުގެ ވެސް އާންމު ރައްޔިތުން މެރުމާ ދެކޮޅަށް ހުށަހަޅާފައިވާ ހުށަހަޅުމާ ގުޅިގެން ހިތްހަމަނުޖެހުމާ ގުޅިގެން,” އެ ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުނެފަވެއެވެ.

ފަހުގެ