ޓޫރިޒަމް މިނިސްޓަރަކަށް ކަނޑައެޅުއްވި އަލީ ވަހީދު, އަދި ރައީސް ސޯލިހު ކީރިތި ކުރެއްވުން

Big Uvhx34209vpf0qprzvs1v5ndr

ދިވެހިރާއްޖޭގެ އިގްދިސާދީ “ލޭ ނާރު” ކަމުގައިވާ ޓޫރިޒަމް ގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އޮންނަނީ ޓޫރިޒަމް މިނިސްޓްރީއަށެވެ.

ނަމަވެސް އެ މިނިސްޓްރީގެ ކަންކަން ފާއިތުވީ ފަސް އަހަރު ދުވަހު ކުރިއަށް ގޮސްފައިވަނީ “ދެއުޅިއެއް ނެތް” އުސޫލުންކަމަށް ގިނަބަޔަކު މީސްމީޑިއާގައި މިވަނީ ބުނަންފަށައިފައެވެ.

މިގޮތުން އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަމަށް ކަނޑައެޅުއްވި އަލީވަހީދުގެ ކަންކަން ދިޔަގޮތުގެ ހަނދާން ގިނަބަޔަކު އަންނަނީ އާކުރަމުންނެވެ. މިހެންކަމުން މި ކޮލަމުގައި އަލީވަހީދުގެ ހާދިސާ ހަނދާންހުރި މިންވަރަކުން ކިޔައިދޭނަމެވެ.

ޖިންސީ ގޯނާގެ ތުހުމަތުކުރެވި އަލީ ވަހީދު އިސްތިއުފާ ދިނުމަށް ރައީސް ސޯލިހު އެންގެވުން:

މިގޮތުން 2020 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާކަމަށެވެ.

އިސްތިއުފާ ދެއްވަން އެންގެވިއިރު, އަލީ ވަހީދާ ބެހޭ ގޮތުން ސޯޝަލްމީޑިއާގައި ވެސް ގިނަ ތުހުމަތުތަކެއް ކުރެވިގެން ގޮސްފަވެއެވެ. އޭނާ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނުން ގުޅުއްވާ ބޭއަދަބީ ވާހަކަ ދައްކަވާފައިވާ އެތައް އޯޑިއޯއެއް ވަނީ ލީކްވެގެން ގޮސްފައެވެ.

ރާއްޖެއިން ކޮވިޑު-19 ފެނުމާއެކު މާލެ ލޮކްޑައުންކުރިއެވެ. ލޮކްޑައުންގައި، މާގިރި ހޮޓަލުގެ ދެ ބުރިއެއް ސަރުކާރުން ކުއްޔަށް ނެގިއެވެ. އޭގެ ތެރެއިން އެއް ބުރީގައި ތިބީ އަލީ ވަހީދާއި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނެވެ. އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 2020 ޖުލައި 8 ވަނަ ދުވަހު ކުރެވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ އިސްތިއުފާ ދިނުމަށެވެ. އިސްތިއުފާ ދޭން ދެކޮޅު ހެދުމުން ރައީސް ވަނީ 2020 ވަނަ އަހަރުގެ 20 ވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކިކޮށްފައެވެ. އިސްތިއުފާ ދޭން އެންގެވުމާ ހަމަޔަށް ކަންކަން ދިޔައީ އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ރައީސް އޮފީހަށް ދިޔަ މުވައްޒަފުންތަކަކާ ރައީސް ސޯލިހުގެ ބައްދަލުކުރެއްވުމަށްފަހު އެވެ.

“މި ވާހަކަތައް ކިޔައި ދިނުމުން ރައީސަށް އިނީ ރޮވިފައި. ބުނާނެ އެއްޗެއްވެސް ނޭނގިފަ،” އެ ވާހަކަތައް ރައީސް ސޯލިހާ ހިއްސާކުރަން ދިޔަ މީހަކު މީޑިއާތަކާ ވާހަކަ ދައްކަމުން ބުންޏެވެ.

ފުލުހުން އަލީ ވަހީދުގެ މައްސަލަ ބަލަން ފަށާފައިވަނީ 2020 އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ހަމަ އެހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ހަމަ އެ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުންވެސް މަނާކޮށްފައެވެ. ޖުލައި 19 ވަނަ ދުވަހު އަލީ ވަހީދު ފުލުހަށް ހާޒިރުވެ ވަނީ ބަޔާން ދެއްވައިފައެވެ. ފުލުސް އޮފީހުން ނުކުމެ އަލީ ވަހީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. އަދި އެއީ ސިޔާސީ ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.

ފުލުހުން ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ 2020 އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭހަށް ދާން ޖެހޭ ކަމަށް ބުނެ ކޯޓަށް ހުށަހެޅުމުން 2021 ފެބްރުއަރީ 10 ވަނަ ދުވަހު ކޯޓުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައިފައެވެ. ޕާސްޕޯޓު ދޫކުރީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރު ވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނެއެވެ.

އަލީ ވާހިދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވޭނެކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކުރުމުން ދައުލަތުން ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ރައްދުވުމުން ވެސް ކޯޓަށް އަލީ ވަހީދު ހާޒިރެއް ނުވެއެވެ.

ކޯޓު އަމުރު ރައްދުވުމުން ވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރު ވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއެކުވެސް އަލީވަހީދު އުޅުއްވީ “ފިއްލަވައިގެން” ޔޫރަޕުގައެވެ.

އެހެން އުޅުއްވުމަށްފަހު, ރިޔާސީ އިންތިހާބުގެ ކެންޕޭނުތެރޭގައި “ސާފު ހުދު ފޮތިކޮޅެއް” ގެ ގޮތުގައިއެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތްތަކަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި އޮތީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އޮގަސްޓު 11، 2021 ގައި ކުރި ހުކުމް އެ ކޯޓުން ބާތިލުކުރިކަން އެ ކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ވާހަކަ ފުރަތަމަ ފަހަރަށް އާއްމު ކުރީ އަލީ ވަހީދު އަމިއްލަ ފުޅަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުޕްރީމް ކޯޓުން އަލީގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކުރީ ޖޫން މަހުއެވެ. އެހެންނަމަ ވެސް އެކަން ޖުލައި މަހު އަލީވަހީދު ހާމަކުރެއްވުމާ ހަމައަށް އޮތީ ސިއްރެއްގެ ގޮތުގައެވެ.

ފަހުގެ