ކުޅުދުއްފުށިން ގެއްލިގެން ހޯދާ އަބްދުالله ބޯޓަކުން މާލެއައި: އާއިލާ

B Fb0jmddq8mkrajypskkeetpoq
ކުޅުދުއްފުށިގެން ގެއްލިގެން ހޯދާ އަބްދުالله

މީގެ ފަސްދުވަސް ކުރިން މިދިޔަ ބުރާސްފަތު ދުވަހުން ފެށިގެން ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އަންނަ އަބްދުالله އިބްރަހިމް މާލެ އައި ބޯޓަކުން ފެނުނުކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ގެއިން ނުކުތްފަހުން އޭނާ ނުފެންނަކަމަށެވެ.

ނަމަވެސް އޭނާގެ އާއިލާ މެންބަރަކު މިއަދު ބުނީ އޭނާ ހުކުރު ދުވަހު މާލެއައި ބޯޓަކުން ފެނިގެން އެމީހުންނަށް މައުލޫމާތު ބަޔަކު ދީފައިވާކަމަށެވެ. ނަމަވެސް މާލެ އައި ފަހުން އަނެއްކާވެސް އޭނާގެ ހަބަރެއް ނުވެ ގެއްލުނީކަމަށް އައިލާ މެންބަރު ބުންޏެވެ.

އަބްދުالله ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުންނާއި އާއިލާ ގުޅިގެން އަންނަނީ ކުރަމުންނެވެ. މިއަދަށް އޭނާ ހޯދާތާ 6 ދުވަސް ވެފައިވާއިރު, އަދިވެސް އޭނާގެ ހަބަރެއް އާއިލާއކަށްނުވެއެވެ.

އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީއެދިފައެވެ.

އޭނާ އާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނަމަ 9904977 އަށް ނުވަތަ ކުޅުދުއްފުށި ސިޓީ ޕޮލިސް 9791382 އަށް ގުޅުމަށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މީހުންވެސް ވަނީ އެދިފައެވެ..

ފަހުގެ