ފްލެޓްތަކުގެ މައްސަލަ ތަހުގީގުކުރަން ހައުސިން މިނިސްޓްރީއަށް އޭސީސީން ވަދެފި

277330 3 A8ae274e7e396946d92f9f5d55e4191cd5271d73 Medium

އެމްޑީޕީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫ “ގެދޮރުވެރިއާ” ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރި ފްލެޓްތަކުގެ މައްސަލަ ތަހުގީގުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ފާސްޓް ރެސްޕޯންސް ޓީމަކުން ހައުސިން މިނިސްޓްރީއަށް މިއަދު ވަދެފިއެވެ.

އޭސީސީން ވަނީ އެ ކޮމިޝަނުން ތަހުގީގު ކުރިއަށް ގެންދާކަންވެސް ކަށަވަރުކޮށްދީފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓު “ގެދޮރުވެރިއާ” ގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުން އަންނަ 4000 ފްލެޓް ހަވާލުކުރުން އޭސީސީން އިއްޔެ ވަނީ ހުއްޓުވައިފައެވެ.

އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން ދާތީ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ލިބޭ ލިސްޓުގައި ޕޮއިންޓު ދީފައިވާ އުސޫލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ހައުސިން މިނިސްޓްރީއަށް އާންމުގެ ބަޔަކުވަދެ ހަޅުތާލުކޮށްވެސް އިއްޔެ ކޮށްފައިވެއެވެ.

ހަޅުތާލު ކުރި މީހުން ބުނަނީ, ޕޮއިންޓު ދީފައިވާ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ.

ފަހުގެ