ހަތަރު ހާސް ފްލެޓު ހަވާލުކުރުން އޭސީސީން ހުއްޓުވައިފި

L 2022 04 05 020747 Lk48aemqtwyongdfxrv39175zsjcp6buih2 En

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓު “ގެދޮރުވެރިއާ” ގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުން އަންނަ 4000 ފްލެޓް ހަވާލުކުރުން އޭސީސީން މިއަދު ހުއްޓުވައިފިއެވެ.

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން ދާތީ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ލިބޭ ލިސްޓުގައި ޕޮއިންޓު ދީފައިވާ އުސޫލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ހައުސިން މިނިސްޓްރީއަށް އާންމުގެ ބަޔަކުވަދެ ހަޅުތާލުކޮށްފިއެވެ.

ހަޅުތާލު ކުރި މީހުން ބުނަނީ, ޕޮއިންޓު ދީފައިވާ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ.

“މާލޭގަ ނޫޅޭ މީހުންނަށްވެސް މާލޭގަ އުޅޭ މީހުންނަށްވުރެ މަތިން ޕޮއިންޓު ދީފަ ހުރީ,” ހައުސިން މިނިސްޓްރީއަށް ވަދެ ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުންޏެވެ.

ހައުސިން މިނިސްޓްރީގައި ހަޅުތާލުކުރާ މީހުން ބުނަނީ ޕޮއިންޓު ދީފައިވަނީ “ކޮރަޕްޝަނަށް މަގުފަހިވާގޮތަށް” ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން އެޅި 4000 ފްލެޓްގެ ހައްގުވެރިންގެ ލިސްޓު ހޮނިހިރު ދުވަހު ވަނީ އާންމުކޮށްފައިއެވެ..

ޕޮއިންޓުދިން ގޮތުގެ ލިސްޓު އާންމުކުރުމުގެ ކުރިން ބަޔަކުވަނީ އޭސީސީގައި ވެސް “400 ފްލެޓް ބަހާލަން” އުޅޭކަމަށް ބުނެ މައްސަލަ ޖައްސާފައެވެ.

ފަހުގެ