މަޝްހޫރު ލަވަކިއުންތެރިޔާ ޒާރާގެ ފިރިމީހާއަށް ހަމަލާ ދީފި ޒަހަމްކޮށްލައިފި

Screenshot 2023 11 05 At 10.25.32
ޒާރާ އަދި އަޖޭ

އިޒްރޭލަށް ތާއީދުކުރާކަމަށް ބުނެ ލަވަކިއުންތެރިޔާ ޒާރާ މުޖުތަބާގެ ފިރިމީހާ އަހުމަދު އަޒްނިލް (އަޖޭ) އަށް ރޭ މާލެއިން ބަޔަކު ހަމަލާ ދީފިއެވެ.

ފުލުހުން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 9:46 ހާއިރު ބޮޑުތަކުރުފާނު މަގު ބޭންކް އޮފް ސިލޯން ކައިރީގައި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ދެ ވަނަ މާރާމާރީ ހިންގީ ހޮނިހިރު ދުވަހުގެ ރޭގެ 10:34 ހާއިރު ހެންވޭރު ގެއެއްގެ ތެރޭގައި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަޝްހޫރު ރާޅާ އެޅުންތެރިއާ އަޖޭ ވަނީ އޭނާ އިންސްޓަގްރާމަށް ލީ ޕޯސްޓަކާ ގުޅިގެން މައާފަށްވެސް އެދިފައެވެ.

“އަހަރެން މިއަދު އިންސްޓަގްރާމަށް ލީ ސްޓޯރީއަށް ދިވެހިންގެ ކިބައިން މައާފަށް އެދެން. އެހެން ނަމަވެސް ދިވެހިންނާ ދިވެހި ސަރުކާރުވެސް އެއް އަތުން ޔަހޫދީން އަތުގައި ހިފައިގެން ޑޮލަރު ހޯދަމުން އަނެއްއަތުން ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާ ކުރުން އެއީ ދެފުށްކެހެރިވުން,” އަޖޭ އޭރު މައާފަށް އެދި ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަގޮތުން އަޖޭއަށް ހަމަލާދީ މަގުމައްޗަށް ގިނައަދަދެއްގެ ލޭ ވަނީ އެޅިފައެވެ.

“އޭ މަރާލާނަން ކުު**އާ. އެއީ އިޒްރާއީލް އޭ ކިޔާއިގެން ފޯ*** ކޭ ކިޔާ ރު*** އޭ މީހަކު ބުނާ,” އަޑު އެ ވިޑީއޯއިން އިވެއެވެ.

މި ހަމަލާ ދިނުމާގުޅިގެން ފުލުހުން ވަނީ އަޖޭ އެމީހުންގެ ކާރަށް އަރުވައިގެން ގެންގޮސްފައެވެ.

ފަހުގެ