ބޯހިޔާވަހިކަމުގެ އޮޅުވާލުން: 4000 ފްލެޓުން މިއަހަރު ނިމޭނޭނީ 496 ފްލެޓް

387780058 343714218030722 3092125406874137484 N
ބައްތިރީސް ޓަަވަރުގެ ތެރެރިން ސްޓްރަކްޗާ ނިމުނީ އެންމެ 8 ޓަވަރުގެ: ފޮޓޯ ފަހި ދިރިއުޅުން ކޯޕަރޭޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއިއުލާނުކުރި 4000 ފްލެޓްގެ ތެރެއިން މިއަހަރު ނިމޭއިރު ފިނިޝިން ނިމި ވަދެވޭނީ އެންމެ 496 ފްލެޓެއްކަން ފަހިދިރިއުޅުން ކޯޕަރޭޝަން އިން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މިގޮތުން ފަހިދިރިއުޅިން ކޯޕަރޭޝަނުން 4000 ފްލެޓް އެޕާޓުމަންޓު އެޅުމަށް ހުޅުމާލޭގައި, އެޅުމަށް 32 ޓަވަރު އެޅުމަށް މަސައްކަތް ފެށި ނަމަވެސް މިހާތަނަށް ކޮންކްރީޓުގެ މަސައްކަތް ނިމިފައިވަނީ އެންމެ 8 ޓަވަރުގެއެވެ. އޭގެ ތެރެއިން ފިނިޝިންގެ މަސައްކަތް ކުރަމުން އަންނަނީ 4 ޓަވަރެއްގެއެވެ.

 ހަތަރު ޓަވަރުގެ ފިޓީންގްސް ހަރުކުރުމާއި، ސީލިންގްއާއި ޕުޓީގެ މަސައްކަތްތައްފަދަ މަަސައްކަތް ދަނީ ކުރަމުންނެވެ. މިއީ 3 ކޮޓަރީގެ އެޕާރޓްމަންޓްގެ 2 ޓަވަރާއި، 2 ކޮޓަރި އެޕަރޓްމަންޓްގެ 2 ޓަވަރެވެ. އެއީ 3 ކޮޓަރީގެ 256 އެޕަރޓްމަންޓް އަދި 2 ކޮޓަރީގެ 240 އެޕާރޓްމަންޓެވެ

މި ހަތަރު ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މިއަހަރުގެ ނިޔަލަށްކަމަށް ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރާ ފަހި ދިރުޅުން ކޯޕަރޭޝަނުން ބުނެއެވެ. މިހެންކަމުން 4000 ފްލެޓް އިއުލާނުކުރި ނަމަވެސް, މިއަހަރެ ނިޔަލަށް ފިނިޝިން ނިންމައި މީހުންނަށް ވަދެވޭނީ 496 އެޕާޓުމަންޓަކަށެވެ.

ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

ފަހުގެ