އިބޫގު 4000 ފްލެޓުގެ ލިސްޓު އާންމުކޮށްފި: ” މަކަރާއި އޮޅުވާލުން” ގިނަ ކަމުގެ ޝަކުވާ އާންމުންގެ އެބައޮތް

387774535 343714221364055 8157509537944777984 N
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ ގިނަ ޓަވަރުތައް އަދިވެސް ނުނިމޭ: ފޮޓޯ ފަހިދިރިއުޅުން ކޯޕަރޭޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން އެޅި 4000 ފްލެޓްގެ ހައްގުވެރިންގެ ލިސްޓު މިއަދު ވަނީ އާންމުކޮށްފައިއެވެ.

ނަމަވެސް އެ ލިސްޓު އާންމު ކުރުމާއެކު ގިނަބަޔަކު އަންނަނީ “އެ ލިސްޓުގައި ޕޮއިންޓު ދިނުމުގައި މަކަރާއި އޮޅުވައިލުން އޮތް” ކަަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

މިގޮތުން ފްލެޓް ލިސްޓުގައި ޕޮއިންޓު ދިނީ ކޮން އުސޫލަކުންކަމެއް ސާފެއްނުވެއެވެ. މިއަދު ޕޮއިންޓު ދީ ލިސްޓު އާންމުކޮށްފައިވާއިރު, ގެދޮރުވެރިއާ ޕޯޓަލުންވެސް އެމީހަކަށް އެ ޕޮއިންޓު ލިބުނީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

މިގޮތުން ދަރިން ތިބި މީހުންނަށްވުރެ ގިނައިން ދަރިން ނެތް މީހުންނަށް ޕޮއިންޓު ދިނުމާއި, މާލޭގައި އެއްގޮތަކަށް ވެސް ނޫޅޭ މީހުންނަށް ފެލްޓް ދިނުމާއި, ދިރިއުޅުމުގެ ހާލަތު ނުބަލައި ފްލެޓް ދިނުމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

ޕޮއިންޓުދިން ގޮތުގެ ލިސްޓު އާންމުކުރުމުގެ ކުރިން ބަޔަކުވަނީ އޭސީސީގައި ވެސް “400 ފްލެޓް ބަހާލަން” އުޅޭކަމަށް ބުނެ މައްސަލަ ޖައްސާފައެވެ.

އެމްވީޓައިމްސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި އާންމުކުރި ލިސްޓުގައި މަތިން މާކްސް ދީފައިވަނީ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި, ސަރުކާރުގެ ކުންފުނި ތަކުގެ އެމްޑީންގެ ގާތް މީހުން ގިނައެވެ. އަދި އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ވެސް މި މައުލޫމާތުތަކުގެ ބައެއް ތަފްސީލުވެސް ވަނީ ހުށަހަޅާފައެވެ.

މަތިން މާކްސް ލިބުނު 4000 މީހުންނަށްވެސް ފްލެޓް ލިބޭނެ ދުވަހެއް ނޭގެ

ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ

މި ހަތަރު ހާސް މީހުންނަށް ވެސް ފްލެޓް ލިބޭނެ ދުވަހެއް ނޭގެއެވެ. ސަބަބަކީ ނޮވެންބަރު 17 ވަނަ ދުވަހު އިބޫގެ ވެރިކަން ނިމޭއިރު ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ އެންމެ ފްލެޓެއްވެސް ފިނިޝިންނާއެކު ނިންމައެއް ނުލެވެއެވެ.

ޖުމްލަ 8 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާކަމަށް އެފްޑީސީން ބުނެއެވެ.

އޭގެތެރެއިން 4 ޓަވަރުގައި މިހާރު ކުރަމުންއަނީ، އިމާރާތުގެ ފިނިޝިން މަސައްކަތްކެވެ. ފާޚާނައިގެ ފިޓީންގްސް ހަރުކުރުމާއި، ސީލިންގްއާއި ޕުޓީގެ މަސައްކަތްތައްފަދަ މަަސައްކަތް ދަނީ ކުރަމުންނެވެ. މިއީ 3 ކޮޓަރީގެ އެޕާރޓްމަންޓްގެ 2 ޓަވަރާއި، 2 ކޮޓަރި އެޕަރޓްމަންޓްގެ 2 ޓަވަރެވެ. އެއީ 3 ކޮޓަރީގެ 256 އެޕަރޓްމަންޓް އަދި 2 ކޮޓަރީގެ 240 އެޕާރޓްމަންޓެވެ

މި ހަތަރު ޓަވަރުވެސް ނިންމާލެވޭނީ މި އަހަރު ނިމޭއިރަށްކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. މިހެންކަމުން ރައީސް އިބޫގެ ވެރިކަން ނިމުނުއިރު މާލެ ސަރަހައްދުން ފިނިޝިންނާއެކު އެންމެ ފްލެޓެއްވެސް ނުނިމެވެ.

މިހެންކަމުން މިއަހަރު ނިމޭއިރުވެސް އެއްކޮށް ފިނިޝިންނާއެކު ނިންމާލެވޭނީ އެންމެ 496 ފްލެޓެވެ.

ގެދޮރުވެރިއާ ސްކީމުގެ ދަށުން އިބޫ ހުޅުވާލީ އެންމެ 4000 ފްލެޓު ދޭށެވެ. ނަމަވެސް ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވާ 15000 އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދޭން ނިންމިއެވެ. ނަމަވެސް 4000 ފްލެޓްގެ އިތުރުން ޝަރުތުހަމާ 11,00 ފްލެޓަކީ އަދި ވުޖޫގައިވެސް ނެތް ފްލެޓެވެ.

ފަހުގެ