ފަލަސްތީނަށް ސަޕޯޓުކުރަން ކިމް ޖޮންގް އުން އަންގައިފި

112087534 25e15bdf 1afe 440c 89fa 0b3e83274886.jpg

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ފަލަސްތީނަށް ތާއީދު ކުރާކަމަށާއި, އޭނާއަކީ ހަމާސްގެ ސަޕޯޓަރެއްކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ބުނެފި އެވެ.

ނޭޝަނަލް އެސެމްބްލީން ބުދަ ދުވަހު ބޭއްވި 2023 ވަނަ އަހަރުގެ އޮޑިޓްގައި ނޭޝަނަލް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރު ކިމް ކިޔޫ ހިއުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ފަލަސްތީނަށް “ފުރިހަމަ ސަޕޯޓެއް” އަންގާފައިވާ ކަމަށެވެ.

ދެކުނު ކޮރެއާގެ ޖާސޫސީ ހިދުމަތުގެ ވެރިޔާއާ ހަވާލާދީ އެސެމްބްލީގެ ޖާސޫސީ ކޮމިޓީގެ އެގްޒެކެޓިވް ސެކްރެޓަރީ ޔޫ ސަންގް-ބަމް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވީ އުތުރު ކޮރެއާ އިން ހަނގުރާމަވެރި ޖަމާއަތްތަކާއެކު ހަތިޔާރުގެ ވިޔަފާރި ކުރަމުން އަންނަކަމަށެވެ.

ޖާސޫސީ ސާވިސްގެ ވެރިޔާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވީ މިއަހަރުގެ ކުރީކޮޅު ދެ ފަހަރެއްގެ މަތިން އުތުރު ކޮރެއާއިން ޖާސޫސީ ސެޓެލައިޓް ފޮނުވާލުމަމަށް މަސައްކަތް ކޮށް ނާކާމިޔާބުވެފަވާކަމަށެވެ.

ނަމަވެސް އެކަމަށް ބޭނުންވާ ޓެކްނޮލޮޖީއެއް ރަޝިޔާއިން ފޯރުކޮށްދިނުން އެކަށީގެންވާ ކަމަށެވެ.

ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީތެރިވުމަށް އުތުރު ކޮރެއާއިން ވަނީ ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީ، އޮގަސްޓް މަހުން ފެށިގެން ގާތްގަނޑަކަށް ދިހަވަރަކަށް ފަހަރު ކަނޑު މެދުވެރިކޮށް އާޓިލަރީ ޝެލްތަކާއި އެހެނިހެން ހަތިޔާރުތައް ފޮނުވާފައެވެ. އުތުރު ކޮރެއާއިން ރަޝިޔާއަށް ފޮނުވި އާޓިލަރީގެ ގެ ބޭނުން ޔޫކްރޭންގެ ހަނގުރާމައިގައި މަދުވެގެން ދެ މަސް ދުވަހު ބޭނުންކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ. އުތުރު ކޮރެއާއިން ވަނީ ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ދެމިތިބުމަށްޓަކައި މުޅި ގައުމުގެ ފެކްޓްރީތައް ފުރިހަމަ ކެޕޭސިޓީގައި ހިންގަމުންނެވެ.

ދެކުނު ކޮރެއާގެ ސާވިސްގެ ވެރިޔާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވިދާޅުވީ ދެކުނު ކޮރެއާއަށް ބޭރުގެ ސައިބަރ ހަމަލާތަކުގެ 80 ޕަސެންޓަށް ވުރެ ގިނައީ އުތުރު ކޮރެއާ އާއި ޗައިނާއިން ކަމަށާއި މިފަދަ ސައިބަރ ހަމަލާތައް މިދިޔަ އަހަރާ އާޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 32 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އުތުރު ކޮރެއާ އިން ފަހަކަށް އައިސް ސަރުކާރުގެ އިދާރާތަކަށް ވުރެ ގިނައިން އަމިއްލަ ކުންފުނިތަކަށް އަމާޒު ކުރަމުން އަންނައިރު، އޭގެ ތެރޭގައި ދެކުނު ކޮރެއާގެ އެންމެ ގިނައިން ބޭނުންކުރާ ޕޯޓަލް ސައިޓް ނަވަރ ވެސް ހިމެނެ އެވެ.

ފަހުގެ