އިޒްރޭލު-ފަލަސްތީނު: ދިވެހި ސަރުކާރުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތު

Big 9jrw1y2falch967nu9m1hs6vm
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް

މި ނިމުނު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ޔަހޫދީންނާއި, ގައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތާދެމެދު އަންނަނީ ހަމަލާބަދަލުކުރަމުންނެވެ.

މި ހަމަލާތައް ބަދަލުކުރާއިރު, އިޒްރޭލުން އަންނަނީ ހަމާސް ޖަމާއަތުގެ އަމަލުތަކަށް ބަދަލު ހިފުމުގެ ގޮތުން ކުށެއްނެތް އެތައް ބައިވަރު އާންމުން މަރާލަމުންނެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އިސްރާއީލުން ބުނެފައިވަނީ އެއީ 7 އޮކްޓޯބަރުގައި ޣައްޒާއިން ބަޑިޖެހި މީހުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި 1،400 މީހުން މަރުވެ އިތުރު 240 މީހުން ރަހީނުކުރުމަށް ފަހު ފެށުނު ހަމާސް ނައްތާލުމުގެ ހަނގުރާމައިގެ “ދެވަނަ މަރުހަލާ” މިހާރު ފެށިފައިވާކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޭގެ ފަހުން އެ ސަރަހައްދުގައި 8،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިސްރާއީލުން ވަށާލުމުގެ ސަބަބުން އެ ސަރަހައްދުގެ 2.2 މިލިއަން ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ތެލާއި ބޭހުގެ ސަޕްލައި މަދުވެ ހާލުގައިޖެހިފައިވާކަމަށެވެ

އިސްރާއީލާއެކު ދިވެހިރާއްޖެ އޮތް އިގްތިސާދީ ގުޅުން:

ދިވެހިރާއްޖެ އަކީ އާމްދަނީގެ ބޮޑު މަސްދަރެއްގެ ގޮތުގައި ޓޫރިޒަމް އަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާތާ އަހަރުތަކެއް ވެއްޖެއެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ބޯޑުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، އެ ބޯޑުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދީފައިވެ އެވެ.
މި އިޤްތިޞާދީ ގުޅުމަކީ ބައިނަލްއަޤްވާމީ ގުޅުންތަކުގައި އާންމު ޕްރެގްމެޓިކް އުސޫލެއް ދައްކުވައިދޭ ގުޅުމެކެވެ. ފަލަސްތީނަށް މި ހަނގުރާމާގައި ދިވެހި ސަޕޯޓުކުރާމަށް ބުނިނަމަވެސް، ދިވެހި ސަރުކާރުން އަބަދުވެސް އިސްކުރަނީ ފަތުރުވެރިކަމުން ހޯދާ ނަފާއެވެ.

އިޒްރޭލު އުފެއްދުމަށް ދިވެހި ރާއްޖެއިން ވޯޓު ދިނުން

ރާއްޖެއިން އިންވެސް އެހެން ޤައުމުތަކެކޭ އެއްފަދައިން އިސްރާއީލު ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ތާއީދުކޮށް ވޯޓުދީފައިވަނީ ކީއްވެކަމެއް އަދި މިހާތަނަށް ސާފުކޮށެއް ނުދެވެއެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ އިސްރާއީލު އުފެއްދުމަށް އދ. ގައި 1947 ވަނަ އަހަރު ނެގުނު ވޯޓުގައި ދިވެހިރާއްޖެއިން ބައިވެރިވިކަމެވެ.

Ngjzomyccn8givbfmdzan3fvo

އިޒްރޭލަށް ދަތިކރުމުގެ ފިޔަވަޅު އެޅުމަށް ރާއްޖެއިން ފަސްޖެހުން:

އިޒްރޭލާމެދު ލާއިންސާނީ އަމަލުތަކާމެދު ދިވެހިރާއްޖެއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމަށާއި އދ.ގެ އާންމު މަޖިލީހުން 27 އޮކްޓޫބަރު 2023 ގައި ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް  ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކޮށް، ފަލަސްޠީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ވަނީ މިއަދުވެސް ގޮވާލައިފައެވެ.

ނަމަވެސް ސުވާލަކީ އެހެން ގައުމުުތަކާމެދު އިނގިލިދިއްކޮށް އިޒްރޭލާމެދު ފިޔަވަޅުއަޅާން ދިވެހިރާއްޖެއިން ގޮވައިލާއިރު, ދިވެހިރާއްޖެއިން އިޒްރޭލުގެ އިމްޕޯޓު ނުހުއްޓުވަނީ ކީއްވެހެއްޔެވެ? އިޒްރޭލުން ރާއްޖެއަށް މީހުން އައުން ހުއްޓުވަން ދިވެހި ސަރުކާރާއި ދައުލަތް ފަސްޖެހެނީ ކީއްވެހެއްޔެވެ? މި ކަންކަމުން ފެންނަނީ ދިވެހި ސަރުކާރާއި ދައުލަތުގެ މުނާފިގުކަމެއް ނޫންހެއްޔެވެ?

ފަހުގެ