ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އެތައް ކުޑަކުދިންނެއް ޝަހީދުވި: ދިވެހި ސަރުކާރު

Ap23282412408591 1696857744
އިޒްރޭލުން ގައްޒާގެ ރެފިއުޖީ ކޭމްކަށް ހަމަލާ ދިނުން: ފޮޓޯ އަލްޖަޒީރާ

ހަމާސްގެ ކޮމާންޑަރެއް މަރާލުމަށާއި, ހަމާސްގެ ބިންގަރާހެއް ހަލާކުކޮށްލަން ކަމަށް ބުނެ އިޒްރޭލުން ދިން ހަމަލާގައި ގައްޒާގެ އެތައް ކުޑަކުދިންނަކާއި, އާންމުންގެ އެތައްބަޔަކު ޝަހީދުވި ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ, އާންމު ރައްޔިޔުންނާ ދެކޮޅަށް އިޒްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއްކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށެވެ.

ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމަށާއި އދ.ގެ އާންމު މަޖިލީހުން 27 އޮކްޓޫބަރު 2023 ގައި ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް  ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކޮށް، ފަލަސްޠީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ވަނީ އެ ބަޔާނުގަ ގޮވާލާފައެވެ.

އިޒްރޭލުން ބުނީ ހަމަލާ ދިނީ ހަމާސްގެ ކޮމާންޑަރެއް މަރާލުމަށް ކަމަށަށް

ޒްރޭލުން މިއަދު ދިން ހަމަލާތަކެއްގައި ހަމާސްގެ އިސް ކޮމާންޑަރެއް މަރާލާފައިވާކަމަށް އިޒްރޭލުން ބުނެފިއެވެ. ކޮމާންޑަރު މަރާލުމަށް ހަމަލާ ދީފައިވަނީ ގައްޒާގެ ރެފުއުޖީ ކޭމްޕަކަށެވެ

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕުން ގިނަ ބަޔަކު މަރާލައިފަ ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުނީ 50 މީހުން މަރުވެ 150 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެކަމަކު ކައިރީގައި ހުރި ހޮސްޕިޓަލަކުން ބުނީ 400 މީހުން ޒަހަމްވެ, 120 މީހުން މަރުވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާގައި ހަމާސްގެ އިސް ކޮމާންޑަރަކު މަރުވެފައިވާ ކަމަށެވެ. އޭގެ ފަހުން އިމާރާތްތަކުގެ ދަށުގައި ހުރި “ބިމުގެ އަޑީގައި ޓެރަރިސްޓް ބިންގަރާސްތައް” ހަލާކުކޮށްލާފައިވާކަމަށެވެ.

އަދި އެވަގުތު ކޮމާންޑަރާއި އެކުގައި ތިބި ހަމާސްގެ ސެންޓްރަލް ޖަބަލިއާ ބެޓޭލިއަންގެ “ގިނަ އަދަދެއްގެ ޓެރަރިސްޓުން” ވެސް މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ. .

މީގެ އިތުރުން އިސްރާއީލުގެ ޓެންކްތަކާއި ސިފައިން ކުރިއަށް ދަނީ ޣައްޒާގެ އުތުރުގެ އެންމެ އާބާދީ ބޮޑު ބައެއް ސަރަހައްދުތަކާ ދިމާއަށެވެ.

އިސްރާއީލުން ބުނެފައިވަނީ އެއީ 7 އޮކްޓޯބަރުގައި ޣައްޒާއިން ބަޑިޖެހި މީހުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި 1،400 މީހުން މަރުވެ އިތުރު 240 މީހުން ރަހީނުކުރުމަށް ފަހު ފެށުނު ހަމާސް ނައްތާލުމުގެ ހަނގުރާމައިގެ “ދެވަނަ މަރުހަލާ” މިހާރު ފެށިފައިވާކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޭގެ ފަހުން އެ ސަރަހައްދުގައި 8،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިސްރާއީލުން ވަށާލުމުގެ ސަބަބުން އެ ސަރަހައްދުގެ 2.2 މިލިއަން ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ތެލާއި ބޭހުގެ ސަޕްލައި މަދުވެ ހާލުގައިޖެހިފައިވާކަމަށެވެ.

ފަހުގެ