ހަމާސްގެ އިސް ކޮމާންޑަރެއް މަރާލައިފި

Skynews Hamas Gaza 6319419
ހަމާސްގެ ހަނގުރާމަވެރިއެއް

އިޒްރޭލުން މިއަދު ދިން ހަމަލާތަކެއްގައި ހަމާސްގެ އިސް ކޮމާންޑަރެއް މަރާލާފައިވާކަމަށް އިޒްރޭލުން ބުނެފިއެވެ. ކޮމާންޑަރު މަރާލުމަށް ހަމަލާ ދީފައިވަނީ ގައްޒާގެ ރެފުއުޖީ ކޭމްޕަކަށެވެ

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕުން ގިނަ ބަޔަކު މަރާލައިފަ ވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޣައްޒާގެ ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުނީ 50 މީހުން މަރުވެ 150 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެކަމަކު ކައިރީގައި ހުރި ހޮސްޕިޓަލަކުން ބުނީ 400 މީހުން ޒަހަމްވެ, 120 މީހުން މަރުވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާގައި ހަމާސްގެ އިސް ކޮމާންޑަރަކު މަރުވެފައިވާ ކަމަށެވެ. އޭގެ ފަހުން އިމާރާތްތަކުގެ ދަށުގައި ހުރި “ބިމުގެ އަޑީގައި ޓެރަރިސްޓް ބިންގަރާސްތައް” ހަލާކުކޮށްލާފައިވާކަމަށެވެ.

އަދި އެވަގުތު ކޮމާންޑަރާއި އެކުގައި ތިބި ހަމާސްގެ ސެންޓްރަލް ޖަބަލިއާ ބެޓޭލިއަންގެ “ގިނަ އަދަދެއްގެ ޓެރަރިސްޓުން” ވެސް މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ. .

މީގެ އިތުރުން އިސްރާއީލުގެ ޓެންކްތަކާއި ސިފައިން ކުރިއަށް ދަނީ ޣައްޒާގެ އުތުރުގެ އެންމެ އާބާދީ ބޮޑު ބައެއް ސަރަހައްދުތަކާ ދިމާއަށެވެ.

އިސްރާއީލުން ބުނެފައިވަނީ އެއީ 7 އޮކްޓޯބަރުގައި ޣައްޒާއިން ބަޑިޖެހި މީހުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި 1،400 މީހުން މަރުވެ އިތުރު 240 މީހުން ރަހީނުކުރުމަށް ފަހު ފެށުނު ހަމާސް ނައްތާލުމުގެ ހަނގުރާމައިގެ “ދެވަނަ މަރުހަލާ” މިހާރު ފެށިފައިވާކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޭގެ ފަހުން އެ ސަރަހައްދުގައި 8،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިސްރާއީލުން ވަށާލުމުގެ ސަބަބުން އެ ސަރަހައްދުގެ 2.2 މިލިއަން ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ތެލާއި ބޭހުގެ ސަޕްލައި މަދުވެ ހާލުގައިޖެހިފައިވާކަމަށެވެ.

ފަހުގެ