އިބޫގެ އެންމެ ބޮޑު އޮޅުވާލުން: ނެތް 11,000 ފުލެޓު ދޭން ބުނުން

Flatibu

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރެގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެންމެ ގިނައިން ދެެއްކެވި އެއް ވާހަކަ ފުޅަކީ ނެތް ފްލެޓްތަކެއް ކުރީގެ ރައީސް އަބްދުالله ޔާމިންގެ ސަރުކާރުން ދެއްވި ވާހަކައެވެ. ނެތް ބިންތަކުން ގޯތި ދޫކުރި ވާހަކައެވެ.

ނަމަވެސް ރައީސް ސޯލިހު ހިންގެވި އެންމެ ބޮޑު އެއް ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގެވީ މާލެ ސަރައްހަދުގައެވެ. “ގެދޮރުވެރިއާ” ނަމުގައި މި މަސައްކަތް ކުރެއްވިއިރު މާލެ ސަރަހައްދުން ފްލެޓް ދީފައިވަނީ ކުރީގެ ސަރުކާރާ އެއްއުސޫލަކުން ނުވަތަ އެއަށްވުރެ ގޯސްކޮށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވެރިކަމައަށް އައިސް “ފްލެޓް ކޮމެޓީ” އުފައްދަވައިގެން ރައީސް ޔާމިން ގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ގޯސްކޮށްކަމަށް ވިދާޅުވިއެވެ. އެގޮތުން ތިން ކެޓަގަރީއެއްެގެ ފްލެޓް ބާތިލުކުރިއެވެ.

ހިޔާއިން ބާތިލު ކުރި ކެޓަގަރީތައް:

  • H11: އަށާރަ އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ
  • H13: މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ
  • H15: އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ

މި ތިން ކެޓަރީއަކީ ގާތްގަނޑަށް 2500 ހައުސިން ޔުނިޓުކަމަށް މިހާރު މި ނިމެމުން އަންނަ އެމްޑީޕީ ސަރުކާރުން އެކުލަވާލި ފްލެޓް ކޮމެޓީން ބުނެފައިވެއެވެ. އެ ފްލެޓްތަކަކީ ވުޖޫގައިވެސް ނެތް ތަކެތިކަމަށް ބުންޏެވެ.

އިބޫ ސަރުކާރުން ދިން ފްލެޓްތަކުގެ 11,000 ފުލެޓު ވުޖޫގަ ނެތް:

ފަހި ދިިރިއުޅުން ކޯޕަރޭޝަނުން މިވަނީ އެ ކޯޕަރޭޝަނުގެ ފްލެޓްތަކުގެ މަސައްކަތްތައް ނިމެމުން އަަންނަ މިންވަރު މީޑިއާއާށް ހާމަކޮށްފައެވެ.

ރައީސް ސޯލިހުގެ ވެރިކަން އަންނަ ނޮވެންބަރު މަހު ނިމޭއިރު ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުން އަދި މިހާތަނަށް ނިމުނީ, އެންމެ 496 ފްލެޓެވެ.

ޖުމްލަ 8 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާކަމަށް އެފްޑީސީން ބުނެއެވެ.

އޭގެތެރެއިން 4 ޓަވަރުގައި މިހާރު ކުރަމުންއަނީ، އިމާރާތުގެ ފިނިޝިން މަސައްކަތްކެވެ. ފާޚާނައިގެ ފިޓީންގްސް ހަރުކުރުމާއި، ސީލިންގްއާއި ޕުޓީގެ މަސައްކަތްތައްފަދަ މަަސައްކަތް ދަނީ ކުރަމުންނެވެ. މިއީ 3 ކޮޓަރީގެ އެޕާރޓްމަންޓްގެ 2 ޓަވަރާއި، 2 ކޮޓަރި އެޕަރޓްމަންޓްގެ 2 ޓަވަރެވެ. އެއީ 3 ކޮޓަރީގެ 256 އެޕަރޓްމަންޓް އަދި 2 ކޮޓަރީގެ 240 އެޕާރޓްމަންޓެވެ

މި ހަތަރު ޓަވަރުވެސް ނިންމާލެވޭނީ މި އަހަރު ނިމޭއިރަށްކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. މިހެންކަމުން ރައީސް އިބޫގެ ވެރިކަން ނިމުނުއިރު މާލެ ސަރަހައްދުން ފިނިޝިންނާއެކު އެންމެ ފްލެޓެއްވެސް ނުނިމެވެ.

ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދޭން ނިންމުމަކީ ބޮޑު އޮޅުވާލުމެއް:

ގެދޮރުވެރިޔާ ސްކީމްގެދަށުން 4000 ފްލެޓަށް ހުޅުވާލި ފުރުޞަތުގައި 15000އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާކަމަށް މިނިސްޓްރީން އިއުލާންކުރިއެވެ. ސަރުކާރުން ފަހުން ނިންމާފައިވަނީ، ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ. އެހެންކަމުން އެފްޑީސީގެ މި ޕްރޮޖެކްޓްގައި ތަރައްޤީކުރާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީން މިހާރު ބުނަނީ އަންނަ އާދިއއްތަ ދުވަހު އިއުލާނު ކުރަނެކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ފްލެޓް ދޭނެކަަށް ބުނީ 11,000 މީހުންގެ ފްލެޓަށް ވީނުވީއެއް ނޭގެއެވެ. އެ ފްލެޓްތައް ދިނުމުގެ މަސްއޫލިއްޔަތު ހަވަލު މިކުރީ ޑރ. މުހައްމަދު މުއިއްޒުއަށެވެ.

މުއިއްޒު ވިދާޅުވާގޮތުން, އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަން ދެއްވާނެ އެއްކަމަކީ ގެދޮރުވެރިކުރުމެވެ. މިހެންކަމުން އިބޫ ސަރުކާރުން ފްލެޓް ދޭނެކަމަށް ބުނި 11,000 މީހުންގެ ބޯހިޔާވަހިކަމުގެ އުންމީދު އޮތީ މިއަދު މުއިއްޒުގެ އަތްމަތީގައެވެ.

ފަހުގެ