މަޖިލިސް ހުއްޓުވި މަދިރި, މުއިއްޒު ހުވާކުރުން ވެސް ހުއްޓުވަފާނެ

Huvaamadhir

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރެވުނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އެންގެވީ ޑެންގޫ ޖެހިވަޑައިގެން މަޖިލީހަށް ވަޑައިނުގަނެވޭނެކަމަށެވެ. މިއަދުވެސް މަޖިލިސް ކެންސަލްވީ އީވާ ސަލާމުގަ ހުންނެވުމުންނެވެ.

ޑެންގޫ ފަތުރަނީ އީޑީސް މަދިރިންނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަ ކުރިއަށް ދިއުން މިފަހަރު މި ހުއްޓުވީ އެ މަޖިލީހުގެ ރައީސް އީވާ ގައިގައި ދަތް އެޅުއްވި އީޑީސް މަދިރިއެވެ.

ސުވާލަކީ މި އީޑީސް މަދިރި ދިވެހިރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިޔާތުވެސް ހުޓުވަފާނެހެއްޔެވެ?

ކުރު ޖަވާބަކީ އާނއިކެވެ. މަޖިލީހުގައި އެޖެންޑާކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލައިގެ ގަރާރު ނުނިމެނީސް އިތުރު މައްސަލައެއް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގައި މައްސަލައެއް އާދިއްތަ ދުވަހު ޖައްސާފައެވެ.

ސުޕްރީމް ކޯޓުން ނިންމާގޮތެއްގެ ސަބަބުން ޑރ. މުއިއްޒު ހުވާކުރުމުގެ ރަސްމިޔާތުވެސް ނުބޭއްވިދާނެއެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެވޭނީ މަޖިލީހުގެ ޖަލްސާއެއްގައިކަަށް ގާނޫނު އާސާސީގައި ބުނެފައިވެއެވެ.

މަޖިލީހުގެ ނައިބު ރައީސް އަށް ޖެހިވަޑއިގެންނެވި އާލާސްކަންފުޅު ރަނގަޅުނުވާނަމަ އެކަމަނާވެސް މަޖިލީހަށް ވަޑައެއް ނުގަންނަވާނެއެވެ. އެހެންކަމަށް ވާނަމަ މަޖިލީހުގެ ޖަލްސާތައް ކުރިއަކަށް ނުދާނެއެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ މިފަދަ އިންޒާރެއްވެސް ދީފައެވެ. މިދިޔަ ހަފްތާގަ އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުމުގަ ބުނެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންގޮސް ޑރ. މުއިއްޒު ހުވާކުރެއްވިއަސް އެކަން ގަބޫލު ނުކުރާނެކަމަށްވެ. އަދި މުއިއްޒުގެ ކެބިނެޓަށް ރުހުންވެސް ނުދޭނެކަމަށެވެ.

މިހެންކަމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން ބަލައިގަނެ ނިންމާ ގޮތަކުން, އީޑީސް މަދިރިއަށް ރާއްޖޭގެ ގިނަ ކަންކަމެއް ހުއްޓުވިދާނެއެވެ.

ފަހުގެ