މަޖިލިސް ހޫނުވެ, ފިލްޒާގެ ފޯނު ތަޅާލައި, ފެން ޖަހައިފި

Big Tudlaunmieabdocbd6egifktk

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ, އެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ފޯނު ތަޅާލައި އޭނާގެ އަތްދަަބަަހަށް ފެންޖަހައި, އޭނާގެ ކޮމްޕިއުޓަރަށް ގެއްލުން ދީފިއެވެ.

މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ދުރުކުރުމަށް މިއަދު މަޖިލީހުގަ އެޖެންޑާކުރިއެވެ. ނަަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ކުރިއަށް ނުގެންގޮސް ހުއްޓާލިއެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެފައިވަނީ ޖަލްސާ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތުގަ އިންނަވައިގެންނެވެ. ސަބަބަކީ މިއަދު އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްކަމަށްވާތީއެވެ. އެ މައްސަލަ ވަނީ މިހާރު ހޯމަ ދުވަހަށް އެޖެންޑާކޮށްފައެވެ.

ނަމަވެސް އެމްޑީޕީން އެގޮތް ކަމުނުގޮސް މަޖިލީހުގަ އިހުތިޖާޖުފެށިއެވެ. އިހުތިޖާޖުގެ ތެރެއިން އިދާރީ މުވައްޒަފުންގެ މޭޒުދޮށަށް ގޮސް އެ މުވައްޒަފުންނަށް ގެއްލުން ދިންކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ މިއަދު ނެރުނު ބަޔާނެއްގަ ބުނެފައެވެ. ކައުންސެލާ ޖެނެރަލްގެއަށް އަމާޒުކޮށް ގެއްލުން ދިންކަމަށް ވެސް އެ ޕާޓީގެ ބަޔާނުގަ ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގަ ދައުރުވަމުން އަންނަ ވީޑިއޯތަކުންވެސް އެމްޑީޕީގެ މެންބަރުން އިދާރީ މޭދުށޮށަށް ގޮސް ފިލްޒާގެ ކޮމްޕިއުޓަރު ސިސްޓަމްއަށް ގެއްލުންދޭ މަންޒަރު ފެނެއެވެ. އަދި ފިލްޒާގެ ފޯނު ތަޅާލާފައިވާ ފޮޓޯއެއްވެސް އަންނަނީ ސޯޝަލްމީޑިއާގަ ދައިރުވަމިންނެވެ.

Screenshot 2023 10 29 At 13.47.12
ފަހުގެ