ނަޝީދު ވަކިކުރަން މިއަދު ޖަލްސާ ނުބޭއްވުނު, މާދަމާ އަށް އަލުން އެޖެންޑާކޮށްފި

File Tuztro

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މިއަދު އެޖެންޑާ ކުރި ޖަލްސާ ނުފަށާ ނިންމާލަން ޖެހިއްޖެއެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މިކަން އިއުލާނު ކުރައްވަމުން ވިދާޅުވީ, މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތުގަ އިންނަވައިގެންކަމަށެވެ.

ނިއުޝާ ވިދާޅުވީ އީވާ އާލާސްކަންފުޅާ އުޅުއްވާކަން އެންގެވީ މިއަދު ހެނދުނުކަމަށެވެ.

“މިހެންކަމުން މާދަމާގެ ޖަލްސާއަށްވެސް މި ގަރާރު އެޖެންޑާ ކުރެވިފަ ވާވާހަކަ ދަންނަވާލަން,” ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީން ގަރާރެއް ހުށަހެޅީ 48 މެންބަރުންގެ ސޮޔާއެކުއެވެ.

މީގެ ކުރިން ވެސް އެމްޑީޕީން ގަރާރެއް ހުށަހެޅިއެވެ. ނަަވެސް އެ ގަރާރު އަނބުރާ ގެންދިޔާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނުތެރޭގައެވެ.

ފަހުގެ