ޗައިނާ އަންހެނެއްގެ ކުރިމަތީ އަނެއްކާވެސް ދިވެހި ދައުލަތް ގޮތް ހުސްވެއްޖެ

China Guest

ޗައިނާ އަންހެނެއް އަނެއްކާވެސް ދިވެހި ދައުލަތް ގޮސް ހުސްކޮށްލުވައިލައިފިއެވެ.

މިގޮތުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެއާޕޯޓުގަ އަޑުގަދަކޮށް އެތަނަށް ކުޅުޖަހައި ހެދިކަމަށް ބުނާ ޗައިނާ މީހަކު ދިވެހި ފުލުހުން ހައްޔަރުކުރިއެވެ. އޭނާ ހިތްހަމަނުޖެހިގެން އުޅުނީ އެނާގެ ވިސާ މައްސަލައެއްގައެވެ. ފުލުހުން އޭނާ ހައްޔަރުކުރި އިރުވެސް އެނާ އެއާޕޯޓު ތެރޭގަ ނިތާދާ ދުވަސްތަކެއް ވެއްޖެއެވެ.

އޭނާ ހައްޔަރުކުރުމަށްފަހު, އިމިގްރޭޝަންއާ ހަވާލުކުރަން މިމަހު 19 ވަނަ ދުވަހު ފުލުހުން މަސައްކަތް ކުރި ނަމަވެސް, އިިމިގްރޭޝަނުން އޭނާއާ ހަވާލުނުވީ އަންހެނުން ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ނެތުމުންނެވެ.

މިހެންކަމުން މި އަންހެންމީހާ ފާއިތުވާ ހަފްތާއެއްހާ ދުވަހު ނިދާފައިވަނީ މާފަންނު ޕޮލިސްޓޭޝަނުގައެވެ.

ރިސޯޓުގަ ޗައިނާ ދަރިވަރު ރޭޕުކުރުން:

މިއަހަރުގެ ޖޫންމަހުގެ ތެރޭގައިވެސް ރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގަ ރާއްޖެއައި އަންހެނަކު ރޭޕްކޮށްގެން އެނާއަށް ޖެހުނީ ހަމަ މިހާލެވެ. ދިވެހި ދައުލަތުން އޭނާއަށް އޭނާއަށް އެންމެ ފުރިހަމަގޮތުގަ އެހީވާން ދެކޮޅު ހެދިއެވެ. އަންހެންމީހާއަށް އަދިވެސް އިންސާފުލިބުނުކަމެއް ނުވަތަ ނޫންކަމެއްވެސް އަދިވެސް ސާފުކޮށްނުދެވެއެވެ.

ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިޔާ، ޔޮލީޔިޓޮންގް ރޭޕް ކުރި ހާދިސާ، އެނާ ވަރަށް ތަފްސީލުކޮށްވަނީ އެނާގެ ޓުވިޓާގަ ކިޔާދީފައެވެ.

ޔޮލީޔިޓޮންގް ރޭޕްކުރި މައްސަލާގައި ފުލުހުން ބުނީ، ކ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކޮށްފައިވާ މައްސަލަައެއް މި މަހުގެ 6 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާ ތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔޮލީޔިޓޮންގް ވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން ފައިގައި ޒަހަމްތަކެއް ހުރި އިރު މޭމަތީގައި ވަކިތަކެއްވެސް ހުރިކަން ފޮޓޯތަކުން ފެނެއެވެ. އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޓްލަރު އުޝާމް ކިޔާ މީހާގެ ފޮޓޯތައްވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ހާދިސާ ހިނގި ގޮތް ކިޔައިދެމުން ޔޮލީޔިޓޮންގް ބުނީ އޭނާ ރާއްޖެއަށް އައީ ޖޫން މަހުގެ 6 ވަނަ ދުވަހު ކަމަށާއި މި މަހުގެ 10 ވަނަ ދުވަހު އެނބުރި ޗައިނާއަށް ދާން ހަމަޖެހިފައިވީ ނަމަވެސް އިތުރު ދުވަސްކޮޅަކު މަޑުކުރަން ބޭނުންވެގެން ޗުއްޓީ އިތުރު ކުރި ކަމަށެވެ.

ޔޮލީޔިޓޮންގް ހުރުމަށް ހަމަޖެހިފައިވާ ރޫމަށް ފޮށި ގެންގޮސްދީ ރިސޯޓުގެ ކަންކަން ކިޔައިދިނީ އެ ރިސޯޓުގެ ބަޓްލަރު އަހުމަދު އުޝާމް ކަމަށް ބުނެއެވެ.

މި މައްސަލައިގަ ތުހުމަތުވާ މީހާއާ ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން މައްސަލަ ކުރިއަށް ދިޔަގޮތް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުންގެ ގޮތުގަ އަލިފް ދާލު ފަދަ ތަންތަނުގަ ވަކާލާތު ކުރާ ދިވެހިރާއްޖޭގެ ހާލަތަކީ މިއީއެވެ.

ފަހުގެ