އިންޑިއާއިން ބަވާލުމުން މުއިއްޒު ސައިޒަށް ތިރިވެއްޖެ

Muizzu with india safeeru

އިންތިހާބީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގަ އެންމެ ބޮޑަށް ވާހަކަ ދެއްކެވި އެއް ވާހަކަފުޅަކީ ވެރިކަމަށް ހަވާލުވެވަޑައިފަތުމާއެކު ރާއްޖޭގައި ތިބި “އިންޑިއާ ސިފައިން” ބާލާނެކަމުގެ ވާހަކަފުޅެވެ.

މިއާއެކު މުއިއްޒުއަކީ “ޕްރޯ ޗައިނާ” ނުވަތަ ޗައިނާއަށް ސަޕޯޓުކުރައްވާ ބޭފުޅެއްގެ ގޮތުގަ ސިފަވެގެން ދިޔައެވެ.

މިގޮތުން ޗައިނާގެ ‘ޗިން ހުއާން’ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގެ މުއިއްޒު ވިދާޅުވީ, ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނީޝިއޭޓިވް އަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއެއްކަމަށެވެ.

އިންޑިއާއިން “ބަވާލުމުން” މުއިއްޒުގެ ވާހަކަ ބަދަލުވުން:

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި)އާ ދެކޮޅު ހަދާކަން އިންޑިއާއިން ތަކުރާރުކޮށް، ޗައިނާގެ ހާމަކަން ކުޑަކަމާއި އިންޑިއާގެ އިސްތިގުލާލާ ޚިލާފުވުމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އިންޑިއާއިން ވަނީ ބީއާރުއައިގެ ބަދަލެއްގެ ގޮތުގައި ރާއްޖެއަށް ދޭ އަމިއްލަ ތަރައްގީގެ އެހީތެރިކަން ވެސް ފާހަގަކޮށްފަ އެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ މީޑިއާ ބްރީފިންގައި ވިދާޅުވީ އިންޑިއާ ފަރާތުން ރާއްޖެއަށްދޭ އެއްބާރުލުން ބިނާވެފައިވަނީ ހިއްސާވާ ގޮންޖެހުންތަކާއި އިސްކަންދޭ ކަންކަން ގުޅިގެން ހައްލުކުރުމުގެ މައްޗަށެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ދިވެހިރާއްޖޭގެ ތަރައްގީއަށް މުހިންމުކަމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އިންޑިއާގެ މީޑިއާތަކުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ބާގްޗީ ވިދާޅުވީ އޭގެން ހާމަވަނީ”އަޅުގަނޑުމެންގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް އިހުތިރާމް ނުކުރާ” ކަންކަމަށް ‘މިންޓް‘ ގަ ރިޕޯޓުގަ ކޮށްފައިވެއެވެ..

މި ވާހަކަތަކާއެކު “ބޫމް ބާގް” އަށް ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގަ މުއިއްޒު ވިދާޅުވީ ޗައިނާއާއި އިންޑިއާގެ ވާދަވެރިކަމުގެ ތެރެއަށް ވަންނަވަރަށްވުރެ ދިވެހިރާއްޖެ މާ ކުޑަ ކަމަށެވެ.

އިންޑިއާ ސިފައިން ބޭލާނެކަމަށް ތަކުރާރުކޮށް ވިދާޅުވުމާ, އަދި ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނީޝިއޭޓިވް އަށް ތާއީދު ކޮށް ވާހަކަ ދެއްކެވީ އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ހޫނު ބަހުގެ ހަމަލާތަކެއް މި މައްސަލަތަކުގެ ދެއްވުމުގެ ކުރިންނެވެ.

ބެލެވޭގޮތުގައި އިންޑިއާއިން “ބަވާލުމުން” އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ “ސައިޒަށް” ތިރިވެވަޑައިގެންފައެވެ.

ފަހުގެ