މުއިއްޒުއަށް ހުވާކުރެވިދާނެބާ!؟

Img 1149

ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 10 ވަރަކަށް ޕަސަންޓުގެ ތަފާތަކުންނެވެ.

މިމަހު 17 ވަނަ ދުވަހު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމަށް ބޭނުންވާ އިންތިޒާމުތައް މަޖިލީހުން އަންނަނީ ހަމަޖައްސަމުންނެވެ.

ގާނޫނު ތަންދޭގޮތުން ރައީސްކަމުގެ ހުވާކުރެވޭނީ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފަވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

ކަންމިހެން އޮއްވާ ބުދަ ދުވަހު އެމްޑީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ ރައިސް ސޯލިހުގެ ރަނިންމޭޓުކަމަށް ކުރިމަތިލެއްވި އެމްޑޕީގެ ޕީޖީ ލީޑަރު އަސްލަމްވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގަ ހުންނަވަނިކޮށް މުއިއްޒު ހުވާކުރެއްވިނަމަވެސް އެ ހުވާ ބަަލައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ތުހުމަތު ކުރަމުންނަންނަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ދަ ޑިމޮކްރެޓްސް އިން ނުވަތަ ރައީސްނަދީދުގެ ޓީމުން ހުރަސްއަޅާނެކަމަށެވެ.

މަޖިލީހިގެ ގަވާއިދު ބުނާގޮތުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އޮންނަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބުރައީސްއާއެވެ.

މިހެންކަމުން އާދިއްތަ ދުވަހަށް ރަައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިނަމަ، ރިޔާސަތުގަ އިންނަވަންޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބުރައީސް އީވާ އާއެވެ. ނަމަވެސް ބައެެއް ރިޕޯޓުތައް ބުނާގޮތުން އީވާ އުޅުއްވަނީ “އާލާސްކަންފުޅާ” އެވެ.

އާދިއްތަ ދުވަހު އެ މައްސަލަ ކުރިއަށް ނުގެންދެވިއްޖެނަމަ އަނެއްކާވެސް އެޖެންޑާކުރުމަށް ވަގުތުނަގާނެއެވެ. މިހެންކަމުން މުއިއްޒު ހުވާކުރެއްވުމާ ހަމައަށްވެސް ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގަ ހުންނެވުން އެކަށީގެންވެއެވެ.

ގާނޫނީ މާހިރުން ވިދާޅުވާގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފަވީނަމަވެސް މަޖީލީހުގެ ރިޔާސަތު ރައީސްކަމުގެ ހުވާކުރައްވާ ދުވަހު ރައީސްނަޝީދު ބެލެެހެއްޓުމަށް ހުރަހެއްނެތެވެ.

ގާނޫނީގޮތުން ހުރަހެއް ނެތް ނަމަވެސް ނަޝީދު ރިޔާސަތުގަ އިންނަވަނިކޮށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީން މަޖިލިސް ކުރިއަށް ގެންދަން ޖާގަ ދީފާނެކަމާމެދު މިހާރުވަނީ ސުވާލުއުފެދިފައެވެ.

މިހެންކަމުން މުއިއްޒު ހުވާކުރައްޗާ ދުވަހު މަޖިލީހުގެ ތެރޭގަ ގަޑުބަޑުތަކެއް ހިންގުމަކީ ވެސް އެކަށީގެންވާކަމެކެވެ. ނަމަވެސް ޑރ މުއިއްޒު ވުވާކުރައްވާނެއެވެ.

ފަހުގެ