މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތައް ރައީސް ސޯލިހު ހުރަސްއަޅުއްވާކަމުގެ ތުހުމަތު

Img 1140

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުރަސްއަޅުއްވާކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ތުހުމަތު ކޮށްފިއެވެ.

ޕީއެންސީގެ ކެނޑިޑޭޓު ޑރ މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފު ހުވާކުރުމުގެ ރަސްމިއްޔާތައް ހުރަސް އަޅަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުން ބޭނުންކުރައްވައިގެންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މުހައްމަދު ނަޝީދު ހުންނަވައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް އިން މިރޭވަނީ ބުނެފައެވެ.

އެ ޕާޓީން މިހެން މިރޭ ބުނިއިރު މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން އެމްޑީޕީގެ 48 މެންބަރުންވަނީ ގަރާރެއް ހުށަހަޅާފައެވެ.

އެ ގަރާރު ވަނީ މަޖިލީހުގަ މިއަދު އެޖެންޑާކޮށްފައެވެ.

ގަރާރު ފާސްވެެއްޖެނަމަ ޑރ މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް މަޖިލީހުގެ ރައީސަކު އައްޔަނު ނުކުރެވިދާނެއެވެ. ޑިމޮކްރެޓުން އެ ބުނަނީ އެ ގާނޫނީ ހުސްކަމުގެ ވާހަކަކަމަށްވުން އެކަށީގެންވެއެވެ.

ފަހުގެ