އެއް ހަފްތާގަ އޮންނަ އިތުބާރު އަނެއް ހަފްތާއަކު ނޯވޭ: ނަޝީދު

Img 1114

އެއްހަފްތާ އިތުބާރު އޮވެއްޖެނަމަ އަނެއްހަތާ މަޖިލީސް މެންބަރުންގެ އިތުބާރު ނޯންނަކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާ ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލައިގެ ގަރާރު ހުށަހެޅުއްވި މެންބަރުންނަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތްކަމަށަ ހުށަހެޅީ އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކުއެވެ.

މިއަދު މަޖިލީހުގަ ވަނީ އެ މައްސަލަ އެޖެންޑާކޮށްފައެވެ.

މީގެ ކުރުންވެސް އެމްޑީޕީން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ލުމަށްފަހު ނަގާފައެވެ.

“އަޅުގަނޑުގެވެސް އިތުބާރުގެ މައްސަލައެއް އަބަ އުޅޭ، މީގެ ދެ ހަފުތާކުރިން އެބޭފުޅުންގެ އިތުބާރެއް ނެތް، މިދިޔަ ހަފުތާ އިތުބާރު އޮތް، އަނެއްކާ މިހާރު ނެތް ކަމަށް ވިދާޅުވަނީ. އަންނަ ހަފުތާގައި ވާނެ ގޮތެއް ބަލަން ދެން މިހުރީ،” އޭޑީކޭ ހޮސްޕިޓަލުގެ ބްރެއިން އަދި ސްޕައިން ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގެން ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ޖެހިވަޑައިގަތް މައްސަލައިގެ ތެރެއިންނެވެ.

ފަހުގެ