ދިވެއްސަކު މިސްރުގަ ފްރީޑައިވިން ރެކޯޑެއް ގާއިމްކޮށްފި

Img 1112

ދިވެހި ޑައިވަރެއް މިސްރުގަ ފްރީ ޑައިވިން ގައުމީ ރެކޯޑެއް ގާއިމްކޮށްފިއެވެ.

އޮކްޓޯބަރު މަހުގެ 10 އިން 16 އަށް ޝަރުމް އެލް ޝެއިހްގައި ބޭއްވި އެންޑްރިއާ ޒުކާރީ ވޯލްޑް ކަޕްގައި ފްރީޑައިވިންގެ ގައުމީ ރެކޯޑެއް ގާއިމްކޮށް ކުރީ ކައިމޫ ރިސޯޓުން ސްޕޮންސާކޮށްފައިވާ ދިވެހި ފްރީޑައިވަރު އުމައިރު ބަދީއުއެވެ.

އުމައިރުގެ ފާހަގަކޮށްލެވޭ ޑައިވް ކޮށްފަވަނީ 64 މީޓަރުގެ އަޑިއަށް ގާތްގަނޑަކަށް 2 މިނެޓާއި 45 ސިކުންތު އިން ފީނައިގެންނެވެ.

Img 1111

އުމައިރުގެ ރެކޯޑްގެ ސަބަބުން ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އިން ވަނީ އުމައިރާ އެކު އާ ޕާޓްނަޝިޕެއް ހެދުމަށް ނިންމާފައެވެ.

މި ޕާޓްނަޝިޕްގެ ތެރެއިން ކައިމޫގެ ޕްރޮޕަޓީތަކާއި ސަމަރ އައިލެންޑް މޯލްޑިވްސް އާއި އެމްބޫދޫ ވިލެޖް އަދި އީކުއޭޓަރ ވިލެޖުގައި ގެސްޓުންނާއި ޓީމް މެމްބަރުންނަށް ވެސް ތަފާތު ތަޖުރިބާތަކާއި ފިލާވަޅުތައް ފޯރުކޮށްދެވޭނެއެވެ. އަދި ލޯކަލް ކޮމިއުނިޓީތަކާއި މަސްވެރިންނަށް ފްރީޑައިވިން ސެޝަންތައް ވެސް ހިންގަވާނެ އެވެ.
ފްރީ އިމަރޖެންސް ފްރީޑައިވިންގ އަކީ ޑައިވަރުންނަށް ރޯނެއް ބޭނުންކޮށްގެން ތިރިއަށް ފޭބުމާއި މައްޗަށް އަރާ، އެއްވެސް ޕްރޮޕަލްޝަން އިކުއިޕްމަންޓެއް ބޭނުން ނުކޮށް ކުރާ ޑައިވެކެވެ.
ބައި ފިން ކެޓަގަރީން ވެސް ރެކޯޑް ހޯލްޑަރެއް ކަމަށްވާ އުމައިރު ވަނީ އާ ގޮންޖެހުންތަކެއް ހޯދައި އޭނާގެ ހުނަރު ތަފާތު ކުރުމަށް ފްރީ އިމަރޖެންސް ފްރީޑައިވިން އަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސްފަ އެވެ. އޭނާ ބުނީ “އަހަރެން އަބަދުވެސް ބާރުއަޅަނީ އާ ގޮންޖެހުންތަކެއް ހޯދުމަށް. ފްރީ އިމަރޖެންސް ފްރީޑައިވިން އަކީ މުޅިން ތަފާތު ހުނަރުތަކެއް ޑިމާންޑް ކުރާ ތަފާތު ޑިސިޕްލިންއެއް. އަހަރެން ޝައުގުވެރިވަނީ ފްރީޑައިވަރެއްގެ ގޮތުގައި މެދުނުކެނޑި ކުރިއަރަން” ކަމަށެވެ.
“އުމައިރަށް ކައިމޫގެ އެއްބާރުލުމަކީ އިސްތިސްނާ ފަރުދުންނަށް އެމީހުންގެ ދާއިރާއިން މޮޅުވުމަށް ބާރުވެރިކުރުވުމަށް ކުރާ ވަރުގަދަ ޚިދުމަތްތެރިކަން ހާމަކޮށްދޭ.ވަކިން ހާއްސަކޮށް އުމައިރުގެ އާ ގައުމީ ރެކޯޑާ މެދު ފަޚުރުވެރިވާ ކަމަށް މިޕާޓްނަޝިޕްގެ ތެރެއިން އުމައިރަށް އާ ބައުންޑަރީތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ކެތްމަދުވެފައި،” ކައިމޫގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަނިހު އަހުމަދު އަލިއަޅުވާލެއްވި އެވެ .

މިސްރުގައި ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއަށް ފަހު، އުމައިރު މިހާރު ތައްޔާރުވަމުންއަންނަނީ.
އަންނަ މަހު ފިލިޕީންސްގައި ބާއްވާ މުބާރާތަކަށެވެ.

ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އަކީ މުޅި ރާއްޖޭގައި ފަސް ޕްރޮޕަޓީއެއް މެނޭޖްކުރާ މޯލްޑިވްސްގައި ޓޫރިޒަމް ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏެކެވެ. އެމްބޫދޫ ވިލެޖް އަދި ސަމަރ އައިލެންޑް މޯލްޑިވްސްގެ އިތުރުން އައްޑޫ އަތޮޅުގެ އީކުއޭޓަރ ވިލެޖް، އަދި މާލޭގައި ހުންނަ މޫކައި ހޮޓެލް އަދި މޫކައި ސުއިޓްސް ވެސް ކައިމޫއިން ހިންގަ އެވެ.

ފަހުގެ