ޝުމްބާގޮންގު ހައްޔަރުކޮށްފި

Img 1099

ސޯޝަލްމީޑިއާ އިންފުލުއެންޒާ އަހުމަދު އަޝްރަފް (ޝުމްބާ ގޮންގު) ހައްޔަރު ކޮށްފިއެވެ.

ޝުމްބާ ގޮންގު ހިންގާ ސޯޝަލްމީޑިއާ ގުރޫޕު ‘އެމްވީ ކްރައިސިސް’ ގަ މިކަން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.

‘އެމްވީ ކްރައިސިސް’ ގަ ބުނެފަ ވަނީ އޭނާ ހައްޔަރުކުރީ ކެނެރީ މަގުން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރި އިރު ހުރީ އެ މަގުގައި ސިފައިންގެ މީހަކު ހައްޔަރުކުރި މަންޒަރު ފޮޓޯ ނަގަން ކަމަށެވެ.

ޝުމްބާ ވަނީ މީގެ ކުރިން ވެސް ހައްޔަރުކޮށްފައެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ ސިރީ ލަންކާއިންނެވެ. އެއީ 2015 ވަނަ އަހަރު އެވެ.

ކުރީގެ ނައިބުރައީސް އަހުމަދު އަދީބަށް ތާއީދުކުރާ ޝުމްބާ ރައީސް ޔާމިން ވެރިކަމުގަ ހައްޔަރުކޮށްފައިވަނިކޮށް ދޫކޮށްލީ 2018 ވަނަ އަހަރު ޑިސެންބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.

ފަހުގެ