?މަކުނުދޫ ގޮވީތަ? ނޫނީ ގޮއްވާލީތަ

Big Hxzpsmxhiyuoezjrjfkavwapq

ހޮނިހިރު ދުވަހު މުޅި ދިވެހިރާއްޖޭގެ ސަމާލުކަން ހުއްޓުނީ ރާއްޖޭގެ އެންމެ ހުޅަނގަށެވެ. ހދ އަތޮޅުގަ ވަކިން އޮންނަ މަކުނުދޫއަށެވެ.

އެއީ އެރަށުގަ ބާރުގަ ގޮވުމެއް ގޮވައި 2 މީހަކު މަރުވުމާ ގުޅިގެންނެވެ. އެމީހުންގެ ބައިތައް މުޅި ރަށުތެރެއަށް ވަނީ ބުރައިގެން ގޮސްފައެވެ.

އެމީހުންގެ ސިފަވެސް ނުފެންނަވަރަށް ވަނީ އަނދާކުދިކުދި ވެފައެވެ. މިކަމަށް ނެގީ ކުޑަ ވަގުތުކޮޅެކެވެ.

މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާގެ ކޭއެސްއާރު ކުންފުނީގެ ދެ މުވައްޒަފުންނެވެ. އެމީހުންނަކީ އެރަށު އެއާޕޯޓު ހެދުމަށް ބިންހުކުމުގެ މަޝްރޫއަށް ގޮސް ތިބި ދެ މީހުންނެވެ.

މި ހާދިސާގަ މަރުވެފަ ވަނީ އިންޑިއާގެ ދެ ޒުވާނުންކަމަށް ވާ ސުރީދާ ސެތީ, 25 އަދި މުހައްމަދު ރާޖާ އަންސާރީ 27, އެވެ.

މައުލޫމާތުތައް އެންމެ ފުރަތަމަ ފެތުރުނުގޮތުން ގޭސް ސިލިންޑަރެއްގެ ކައިރީގައި އެ ދެ މީހުން ތިއްބާ ގޮވީއެވެ. އަދި ސިލިންޑަރު ހުރީ އެރަށު ނަރުދަމާ އަޅަން އުޅޭ ސައިޓު ކައިރީކަމަށް ވެސް ހަބަރު ފެތުރުނެވެ. ނަމަވެސް ‘އެމްވީ ޓައިމްސް’ ގެ ފަރާތުން އޮޅުން ފިލުވިއިރު އެ މައުލޫމާތު ތަކުގަ އޮޅުންތަކެއް އެބަހުއްޓެެވެ.

އެމްވީޓައިމްގެ ޓީމުން މިކަމުގެ ފެކްޓު ޗެކްކުރިއިރު, ގޭސް ސިލިންޑަރު ގޮވާފައިވަނީ ބަނދަރުމަތީގަ އެ ދެ މީހުން ތިބީ އެމް އެސް ޝީޓުތަކެއް ކަފަން ތިއްބައެވެ. އަދި ގޮވީ އެމީހުން ބޭނުންކުރަމުން ދިޔަ އޮކްސިޖަން އަޅާފަ ހުރި ގޭސް ސިލިންޑަރެވެ.

މިހެންކަމުން މި ހާދިސާއަކީ އެ ދެ މީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއް, ނުވަތަ ގޮއްވާލައިގެން ދިން ހަމަލާއެއްކަމަށް ބުނުމުގެ ފުރުސަތުކުޑައެވެ. ނަމަވެސް އެކޮށް ސާފު ވާނީ ސިފައިންގެ ތަހުގީގު ނިމުމުންނެވެ.

އިންޑިއާގެ ކޭއެސްއާރު ކުންފުނިން ބިން ހިއްކުމުގެ މަސައްކަތް ކުރި ނަމަވެސް, އެ ޕްރޮޖެކްޓަކީ މިއަހަރު ސަރުކާރުން ބިގް ފިޝް މޯލްޑިވްސްއަށް އެވޯޑުކޮށްފައިވާ ޕްރޮޖެކްޓެކެވެ. އަދި ކޭއެސްއާރު އިން މަސައްކަތް ކުރަނީ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުންނެވެ. މިމަސައްކަތް 16 މިލިއަން ޑޮލަރަށް ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. ބިގްފިޝްއާ ހަވާލުކުރީ އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމަށާއި ހިއްކާ ސަރަހައްދުގަ 3،493 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމަށެވެ.

ފަހުގެ