މަކުނުދޫގެ ބާރުގަދަ ގޮވުމުގަ މަރުވީ ކޭއެސްއާރު ކުންފުނީގެ އިންޑިއާ ދެ މީހުން

393737229 785928596881294 1489233352175255685 N

މިއަދު މަކުނު ދޫގަ ބާރުގަދަ ގޮވުމެއް ގޮވައި މިއަދު މަރުވީ އިންޑިއާގެ ކޭއެސްއާރު ކުންފުނީގެ އިންޑިއާ ދެ މީހުންކަން ކަށަވަރުވެއްޖެއެވެ.

މިއަދު ހަވީރު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހުން މަރުވެފައިވާއިރު, ސިލިންޑަރު ގޮވީ ކީއްވެކަމެއް ނޭގެއެވެ.

މަރުވި މީހުންގެ ބައިތައް ވަނީ އެކި ސަރަހައްދުތަކަށް ބުރައިގެން ގޮސްފައެވެ.

ބަނދަރުމަތީގަ ހިނގި މި ހާދިސާގަ ބަނަދަރުގަ އަޅާފަ ހުރި އޮޑި ދޯނިފަހަރަށް ވެސް ވަނީ ގެއްލުންވެފައެވެ.

މައުލޫމާތު ލިބިފަވާގޮތުގަ ގޭސްފުޅު ގޮވިއިރު ކައިރީގަ ތިބީ އިންޑިއާ ދެ މީހުންނެވެ.

ބައެއް މީހުންގެ ގެދޮރަށްވެސް ގެއްލުން ވެފަވާއިރު ފުލުހުން އަނަނީ މި ހާދިސާ ތަހުގީގުކުަރަމުންނެވެ.

ކޭއެސްއާރު ކުންފުންޏަކީ ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫތައް މީގެ ކުރިން ވެސް ހިންގާފަ ވާ ކުންފުންޏެވެ.

މަކުނުދޫއަށް ކޭއެސްއާރު ކުންފުނިން ގޮސްގެން އުޅެނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށެވެ.

ގޭސްފުޅި ގޮވީ ނަރުދަމާ ސައިޓެއްގަ ކަމަށް ބުނެ ބައެއް މީޑައާތަކުން ފަތުރަމުން އަންނަ ހަބަރުތަކުގަ މައުލޫމާތު އޮޅިފަވާކަމަށް ބެލެވެއެވެ.

ފަހުގެ