?!މަރުވެފަ އޮއްވާ ކަނޑުމަތިން ފެނުނު މީހާގެ ހަގީގަތަކީ ކޮބާ

L 2021 08 09 114937 Kpiz8t3fmy4b5xvw2gqucd6jln1a9e7rohs En

މިއަދު ހެނދުނު ކަނޑުމަތިން ވަނީ މަރުވެފައި އޮތް މީހަކު ފެނިފައެވެ.

އެމީހާ ފެނުނީ ފުނަދޫ އާ ދުނިދޫއާ ދިމާލު ކަނޑުމަތިންކަމަށް ފުލުހުން ބުނެއެވެ. އެމީހާ ކަނޑުމަތިން ފެނިގެން ބަޔަކު އެވާހަކަ ސޯޝަލް މީޑިއާގަ ހާމަކުރުމާ ހަމައަށް މީހަކު ގެއްލިގެން އުޅޭވާހަކަ ފުލުހުން ނުބުނެއެވެ.

އެމީހާ ފެނުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރެގަ ފުލުހުން ބުނީ, ރޭ ރަސްފަނުން މޫދަށް މީހަކު ފުންމާލައިގެން އޭނާ ސަލަމާތް ކުރަން އުޅުމުގެ ތެރޭގަ ގެއްލުނުކަމަށެވެ.

އެމީހާ ދޯމުމަށް ސިފައިންގެ އެހީތެރިކަމަށް އެދުނުކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

މި މައްސަލައިގަ ފަސްބައި ހާމަކުރީވެސް އެންމެ ފަހުން ފުލުހުންނެވެ. ފުލުހުން ބުނީ މިއަދު ހެނދުނު ކަނޑުމަތިން ފެނުނީ ރޭ ރަސްފަނުން މޫދަށް ފުންމާލި މީހާކަން މިހާރު ކަށަވަރުކުރެވިފަވާކަމަށެވެ. އޭނާ އަކީ އުމުރުން 41 އަހަރު ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

ފަހުގެ