ކުޅުދުއްފުށީ އެއާޕޯޓުގަ ބާރުގަދަ އެއްޗެއް ގޮވާ ބަޔަކު ޒަހަމްވެއްޖެ

Whatsapp Image 2023 10 19 At 12.31.19 (1)
ގޮވި ސިލިންޑަރު: ފޮޓޯ އެމްއެންޑީއެފް

ކުޅުދުއްފުށީ އެއާޕޯޓުގަ ބާރުގަދަ އެއްޗެއް ގޮވައި ހަތަރު މީހަކު މިއަދު ޒަހަމްވެއްޖެއެވެ.

ސިފައިން ބުނީ ގޮވީ ތަމްރީނުތަކުގަ ބޭނުންކުރާ ސިލިންޑަރެއް ގޮވާފަވާކަމަށެވެ.

އިތުރު ތަފްސީލެއް ސިފައިން ވެސް ނުދެއެވެ.

އަނިޔާ ލިބު މީހުންނަށް އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ މި ހާދިސާގަ ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔާ ޑިޕާޓުމަންޓުގެ ހަތަރު މުވައްޒަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަކަމަށެވެ.

ސިލިންޑަރު ގޮވީ ރީފިލް ކުރަނިކޮށްކަމަށް ފުލުހުން ބުންޏެވެ.

ފަހުގެ