ރާއްޖެ ސަރަހައްދުން ބައެއް ދޫކޮށްލި ޤައްދާރުން ނުކުމެ އިތުރަށް ރައްޔިތުން ރުޅިނާރުވާ

R5beohh60stgf4fwncfci6p4moc9lcfjyy4phiqr

ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލި ޤައްދާރުން ނިކުމެ ރައްޔިތުން އިތުރަށް ރުޅި ނޭރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

އިންތިގާލީ މަރުހަލާގައި ވަކި ކަމެއް ނުކުރަން އެންގުމުގެ ޤާނޫނީ ބާރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބާގައި ނެތްކަމަށް ބުނެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ދެއްވި އިންޓަވިއުއަށް ރައްދު ދެއްވަމުން ވިދާޅުވީ، ޤާނޫނީ ބާރު ކިޔައި ނެއްވަން ނުހެއްދުމަށާއި، މާތްﷲ ގެ ވާގިފުޅާއެކު ޤާނޫނީ ބާރު ރައްޔިތުން ކިޔައިދީފައިވާކަމަށެވެ.

ޓޮމް “އެކްސް”ގައި ކުރެއްވި ޕޯސްޓަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދު ކުރައްވާފައެވެ.

އިންތިގާލީ މަރުހަލާގައި ވަކި ކަމެއް ނުކުރަން އެންގުމުގެ ޤާނޫނީ ބާރު އިންތިހާބީ ރައީސްގެ ކިބާގައި ނެތްކަމަށް ބުނެ އެޓާނީ ޖެނެރަލް ވާހަކަފުޅު ދައްކަވާފައިވަނީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުން 7 ކަމެއް ކުރުން މަޑު ޖައްސާލަން އިންތިހާބީ ރައީސް ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީ ފުޅާއި ގުޅިގެންނެވެ.

ރައީސަށް ފޮނުއްވި ސިޓީފުޅުގައި ޑރ. މުއިއްޒު އެދިލައްވާފައިވަނީ، އާ ޕްރޮޖެކްޓްތައް ނުފެށުމަށާއި، އެއްވެސް ވަޒީފާއެއް ދައުލަތުން އަލަށް މީހަކަށް ނުދިނުމަށާއި، އާ އިންވެސްޓްމަންތައް ނުކުރުމަށާއި، މުސާރައިގެ އޮނިގަނޑުތައް ބަދަލުނުކުރުމަށާއި، އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ނުދިނުމަށާއި، އަލަށް އެއްވެސް ބައިނަލްއަޤްވާމީ މުއާހަދާއެއްގައި ސޮއި ނުކުރުމަށެވެ.

ފަހުގެ