މޯދީއަށް ދީފައިވާ ނިޝާން ޢިއްޒުންދީނުގެ ލަގަބު އަތުލަން ގޮވާލަނީ

135936 28677f66 A

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރުއްވާފައިވާ ނިޝާން ޢިއްޒުންދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަތުލަން ސޯޝަލް މީޑިއާގައި ގޮވަން ފަށައިފިއެވެ.

މޯދީއަށް އަރުއްވާފައިވާ ނިޝަން ޢިއްޒުއްދީންގެ ލަގަބު އަތުލަން ސޯޝަލް މީޑިއާގައި އެމްޑީޕީގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ، ފަލަސްތީނާއި އިސްރާއީލާ ދެމެދުގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން އިސްރާއީލަށް ތާއީދު ކުރާކަން މޯދީ ހާމަކުރެއްވުމާއި ގުޅިގެންނެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މުޅި ދުނިޔެ ސިއްސުވާލައި އިސްލާއީލަށް ދެމުންދާ ކުއްލި ހަމަލާއާއި ގުޅިގެން އިންޑިއާ އޮތީ އިސްރާއީލާ އެއްކޮށްކަން އެޤައުމުގެ ބޮޑުވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވުމާއި ގުޅިގެން ދިވެހިން ދަނީ މިއީ ދިވެހި ދައުލަތުން ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފް އަރުވަން ހެޔޮ ބޭފުޅެއް ނޫންކަމަށް ބުނަމުންނެވެ.

މިކަމާއި ގުޅިގެން ޓުވިޓާގައި ޝުއޫރުފާޅުކުރަމުން އެއްބަޔަކު ދަނީ، މިވަރުން ދަންޏާ އިސްރާއީލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ ގެނެސް ނިޝާން ޢިއްޒުންދީނު އަރުވަފާނެ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ކިޔަމުންނެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މޯދީއަށް ނިޝާން ޢިއްޒުންދީނު ލަގަބު އަރުއްވާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން 8 ވަނަ ދުވަހުއެވެ.

ފަހުގެ