އައު ސަރުކާރުގައި ސިޔާސީ މަޤާމްތައް 700އަށްވުރެ ގިނަ ނުކުރަން ނިންމައިފި

Img 20231009 Wa0002

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މަޤާމްތައް 700އަށްވުރެ ގިނަ ނުކުރުމަށް ނިންމަފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލްއެވެ.މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކާއި، ރައީސް އޮފީހާއި، ރައީސްގެ ގެކޮޅު އަދި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުން ލައިގެން ޑރ. މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މަޤާމްތައް 700އަށްވުރެ ގިނަ ނުވާނެ ކަމަށެވެ.

ހިސާބުތަކުން ދައްކާގޮތުގައި ނިމިގެން މިދާ އެމްޑީޕީގެ ވެރިކަމުގައި 1063އަށްވުރެ ގިނަ ސިޔާސީ މަޤާމްތައް ވަނީ އުފައްދާފައެވެ.

ފަހުގެ