މުއިއްޒުގެ “ޕްރޯ މޯލްޑިވްސް” ސިޔާސަތަށް އޮސްޓްރޭލިއާގެ ތައުރީފު

Img 20231010 Wa0003

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ “ޕްރޯ މޯލްޑިވްސް” ސިޔާސަތަށް އޮސްޓްރޭލިއާއިން ތައުރީފުކޮށްފިއެވެ.

ޑރ. މުއިއްޒު ގެންގުޅުއްވާނެ ކަމަށް ވިދާޅުވާ “ޕްރޯ މޯލްޑިވްސް” ސިޔާސަތަށް އޮސްޓްރޭލިއާއިން ތައުރީފުކޮށްފައިވަނީ މިއަދު އެޤައުމުން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ޕޯލް ވެސްލީ ސްޓެފަންސް އިންތިހާބީ ރައީސަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

މިއަދު ޑރ. މުއިއްޒުގެ ގެކޮޅު ކަމަށްވާ މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމަށާއި، އޮސްޓްރޭލިއާގެ ފަރާތުން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިން ދުވަސްވަރު ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެގުޅުން ކަނޑާލެއްވުމަށްފަހު “ޕްރޯ މޯލްޑިވްސް” ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ފަހުގެ